ފުލުހުންގެ ތަރުޖަމާނަކަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފުލުހުންގެ ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ހަމަޖައްސައިފި އެވެ.
މިއީ މިމަޤާމަށް އަންހެން ބޭފުޅާކު ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އިޒްމިއާ އަކީ ފުލުހުންގެ ތާރީޚުގައި ތިންވަނަ އަށް ކޮމިޝަންޑް އޮފިސަރަކަށްވި އަންހެން ފުލުހެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާއަށް ފުރަތަމަ ފަހަރަށް އަންހެން ތަރުޖަމާނަކު ހަމަޖެހިއްޖެކަމަށާއި އަދި އޭކަމަނާ ވަނީ ސިންގަޕޫރު ނޭޝަނަލް ޕޮލިސް އެކަޑެމީން ޑިގްރީ އަދި އޮސްޓްރޭލިއާގައި ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
މިބަދަލަކީ ކުރިއަށްވުރެ ބޮޑަށް މީޑިއާ އާއި އާއްމުންނާ ވީހާ ވެސް ރަނގަޅު ގުޅުމެއް ބޭއްވުންކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންގެ ތަރުޖަމާނަކަށް މީގެ ކުރިން ހުންނެވީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް