އަދީބު ގެއަށް ބަދަލުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ދީފިއެވެ.
މިރޭގެ ވަގުތެއްގައި މި ހުއްދަ އަދީބަށް ލިބިފައިވާކަން، އާއިލާގެ ފަރާތުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް އަދީބު ގެއަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިިން ހުއްދަ ދީފައިވާ ކަމަށެވެ.
މިރޭގެ ވަގުތެއްގައި އަދީބު، އޭނާގެ އަނބިކަނބަލުން ނަޝްވާ ދިރިއުޅުއްވާ، ގ.ހުމަށިގެއަށް ވަނީ ބަދަލުކޮށްފައެވެ.
އަދީބުގެ ކިޑްނީގައި ހިލަކޮޅެއް އުފެދުމުން އެކަމަށް ފަރުވާ ހޯދުމަށް އޭނާ ވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައެވެ. އަދި އެ ނައްތާލުމަށް މިދިޔަ ހަފްތާގެ ތެރޭގައި އޭނާ ވަނީ އޮޕަރޭޝަން ވެސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް