ލަންކާ ސިފައިންގެ އިސްވެެރިޔާ ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
11 ޒުވާނަކު ވަގަށް ނަގައި ގެއްލުވާލި މައްސަލައެއްގައި ލަންކާގެ ސިފައިންގެ ޗީފް އޮފް ސްޓާފް، ރަވިންދްރަ ވިޖޭގުނަރަތްނަ ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ވިޖޭގުނަރަތްނަ ހައްޔަރުކޮށްފަައިވަނީ އެ މައްސަލައިގައި އޭނާ ކޮލަމްބޯގެ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުންނެވެ. މި މައްސަލައިގައި އޭނާާގެ އިތުރުންވެސް ސިފައިންގެ ކުރީގެ އޮފިސަރަކު ވަނީ ހައްޔަރުކޮށްފައެވެ.
2008ވަނަ އަހަރު ހިނގި މި ހާދިސާތަކުގައި ވިޖޭގުނަރަތްނަގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އެ ޒުވާާނުންތައް ގެއްލުވާާލުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެކަން ކުރި ފަރާތްތައް ފިލުމަށް މާލީ އެހީތެެރިކަން ދިންކަމަށެވެ.
ސިފައިންގެ ވެެރިޔާ ޑިސެމްބަރ މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް