އަމާން އުދަރެސް ޓަވަރެއްގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭގައި ހުންނަ އަމާން އުދަރެސް ޓަވަރުެގ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހާދިސާ ހިނގި ވަގުތެއް ސާފެއް ނުވެއެވެ. އަލިފާނުގެ މި ހާދިސާ ހިނގާފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ، އަމާން އުދަރެސް ޓަވަރުގެ ފަންގިފިލާއެއްގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ފަންގިފިލާގެ ބެލްކަނީގައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބެލްކަނީގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު އެ ވިޑިއޯއިން ފެނެއެވެ. މިކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.
އަމާން އުދަރެހުގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގާފައިވާއިރު، ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް