ޗިލީގެ ކުރީގެ ރައީސް ސެބަސްޓިއަން ޕިނޭރާ-- ފޮޓޯ: ގެޓީ އިމޭޖަސް
ޗިލީގެ ކުރީގެ ރައީސް ސެބަސްޓިއަން ޕިނޭރާ-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ 07 Feb 2024 | 08:48

ދަތުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ވެއްޓި، ޗިލީގެ ކުރީގެ ރައީސް ޕިނޭރާ އަވަހާރަވެއްޖެ

ދަތުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ވެއްޓި، ޗިލީގެ ކުރީގެ ރައީސް ސެބަސްޓިއަން ޕިނޭރާ އަވަހާރަވެއްޖެއެވެ.

ދެކުނު އެމެރިކާގެ ރައީސް ކަން ދެފަހަރު ކުރެއްވި ބިލިއަނަރު ޓައިކޫނެއް ކަމަށްވާ، ޕިނޭރާ ދަތުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ވެއްޓުނީ ޗިލީގެ ދެކުނުގެ ލޮސް ރިއޯސް ސަރަހައްދަށް ކަމަށް އެބޭފުޅާގެ އޮފީހުން ނެރުނު އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ. ޕިނޭރާގެ ހަށިގަނޑު ޗިލީގެ ކަނޑުގެ ސިފައިން ވަނީ ހޯދާފައެވެ. ޕިނޭރާ އަވަހާރަވިކަން އެގައުމުގެ ދާޚިލީ ވަޒީރު ކެރޮލީނާ ތޯހާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެ ހެލިކޮޕްޓަރުގައި ޕިނޭރާ އާއި އެކު އިތުރު ތިން މީހަކު ދަތުރު ކުރި ކަމަށާއި، މި ތިން މީހުން ވަނީ ސަލާމަތްވެފައި ނޫސްތަކުން ރިޕޯޓް ކުރެއެވެ. އެހެންނަމަވެސް މިއީ ކޮން ބައެއް ކަމެއް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ހެލިކޮޕްޓަރު ދަތުރުކުރަމުން ދިޔަ ވަގުތަކީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުން ވަގުތެއް ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސް ވުމުގެ ސަބަބުން ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

އަވަހާރަވިއިރު، އުމުރުން 74 އަހަރުގެ ޕިނޭރާ ވަނީ 2010 އިން 2014 އަށް އަދި 2018 އިން 2022 އަށް ޗިލީގެ ރައީސްކަން ކުރައްވާފައެވެ.

ރައީސް ކަމަށް ތިން ފަހަރެއްގެ މަތިން ވާދަކުރެއްވި ޕިނޭރާގެ ފުރަތަމަ ދައުރު ފެށިގެން އައީ 2010 ވަނަ އަހަރު ކުރީގެ ރައީސް އެޑުއާޑޯ ފްރެއި ބަލިކުރައްވާފައެވެ. އެއަށްފަހު ހަތަރު އަހަރު ފަހުން 2018 ވަނަ އަހަރު އޭނާ ވަނީ އަމިއްލަ ބޭފުޅަކު ބަލިކުރެއްވުމަށްފަހު ހަތަރު އަހަރުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ.

ޕިނޭރާގެ ޖަނާޒާ ހުކުރު ދުވަހު ބޭއްވުމުގެ ތައްޔާރީތައް ފަށާފައިވާއިރު، ޗިލީގެ ރައީސް ގެބްރިއަލް ބޮރިކް ވަނީ މި ހާދިސާ އާއި ގުޅިގެން ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.