ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދ.މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށްގެންދާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ. އެއީ ރައީސްއަކު ހޮވުމަށް މީގެކުރިން ބޭއްވި އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުމުންނެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އާއި އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު އެވެ. އިންތިހާބުގެ ނަތީޖާ ފުރަތަމަ ބުރަވެފައި އޮތީ ސުހާ ކޮޅަށެވެ. ނަމަވެސް ހުށައެޅި ޝަކުވާއަކާއި ގުޅިގެން ވޯޓް އަލުން ގުނި އެވެ. އަދި އެއް ވޯޓް ބާތިލު ކަމަށް ކަނޑައެޅި އެވެ. އެއީ ސުހާއަށް ލިބިފައިވާ ވޯޓެކެވެ.
ހެނދުނު 10 އެއް ޖެހިއިރު ވޯޓު ލީ މީހުންގެ ތަފާސްހިސާބު
އެހެން ކަމުން ކޮމިޝަނުން ނިންމީ 392 ވޯޓުން އިންތިހާބު ކާމިޔާބު ކުރީ އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ކަމަށެވެ.
އެ ނިންމުން ސުހާގެ ފަރާތުން ހައިކޯޓަށް ހުށައެޅި އެވެ. ހައިކޯޓުން ވަނީ ކޮމިޝަނުން ބާތިލު ވޯޓެއް ކަމަށް ނިންމި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އަލުން ނަތީޖާ އިއުލާނު ކުރަން އަމުރުކުރި އެވެ.
ދ.މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށްގެންދާ އިންތިހާބުގައި މިއަދު ހެނދުނު 10 ޖެހުމާ ހަމަޔަށް 209 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލެވޭ މީހުންގެ 19.92 އިންސައްތައެވެ
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން މިއަދުގެ 16:00 ޖެހުމާ ހަމަޔަށް ކުރިއަށްދާނޭކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް