މީހަކު އަވީގައި
މީހަކު އަވީގައި
ލައިފްސްޓައިލް 10 Aug 2026 | 03:44

އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، ހަމުގެ ކެންސަރު ޖެހޭ މިންވަރު އިތުރުވުމާ ގުޅިގެން، ސިއްހީ މާހިރުންގެ ވިސްނުން ވަނީ ބޮޑު ބަދަލަކަށް އައިސްފައެވެ. އާންމު ސިއްހަތާ ބެހޭ ކެމްޕޭންތަކުގައި އިރުގެ އަވިން ރައްކާތެރިވުމަށާއި، 'ސަންސްކްރީން' ބޭނުންކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންދެއެވެ. މިއަދުވެސް، މާގިނައިން އަވީގައި އުޅުމަކީ ހަމުގެ ކެންސަރަށް އޮތް ބޮޑު ނުރައްކަލެއްކަން ހޯދުންތަކުން ދައްކައެވެ.

ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.

އަހަރެމެންނަށް އަވި ބޭނުންވަނީ ކީއްވެ؟

އަވީގައި އުޅުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދިނުމެވެ. މިއީ ކަށިތަކާއި މަސްތަކުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ވިޓަމިން-ޑީ މަތިވުމުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެ، ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދެއެވެ. މީގެ އިތުރުން، އިރުގެ އަލީގައި ހުންނަ 'ޔޫ.ވީ.އޭ' ދޯދިތައް ހަމުގައި ޖެހުމުން 'ނައިޓްރިކް އޮކްސައިޑް' ދޫކޮށްލައެވެ. މީގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ލޭގެ ޕްރެޝަރު ދަށްވެ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ޔުނިވަރސިޓީ އޮފް ސިޑްނީގެ ޕްރޮފެސަރ ރެބެކާ މޭސަން ވިދާޅުވާ ގޮތުގައި، އެކަށީގެންވާ ވަރަށް ވިޓަމިން-ޑީ ލިބުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ހަމަ މަގަށް އަޅުވައިދޭ ކަމެކެވެ. އަދި ހެނދުނުގެ އަވީގައި ހުންނަ 'ބްލޫ ލައިޓް' ގެ ސަބަބުން ނިދުމުގެ ހޯރމޯން 'މެލަޓޯނިން' މަދުކޮށް، ހަށިގަނޑު ހޭލައްވާލައި، ހަނދާންގަދަކުރުމަށާއި ސިކުނޑީގެ މަސައްކަތްތަކަށް އެހީތެރިވެދެއެވެ.

ދުވާލު ގާތްގަނޑަކަށް 1.5 ގަޑިއިރު އަވީގައި ހޭދަކުރުމަކީ އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ބަލިން ރައްކާތެރިކޮށްދޭ ކަމެއް ކަމަށް 360,000 މީހުން ބައިވެރިވި ދިރާސާއަކުން ދައްކައެވެ.

އަހަރެމެންނަށް ބޭނުންވަނީ ކިހާވަރެއްގެ އަވީގެ ހަކަތައެއް؟

މިކަން ބިނާވެފައިވަނީ މީހާގެ އުމުރާއި، ހަމުގެ ކުލައާއި، އުޅޭ ސަރަހައްދުގެ މައްޗަށެވެ. މާހިރުން ލަފާދެނީ ގިނަވަގުތު އަވީގައި އުޅުމުގެ ބަދަލުގައި، ކުރު ވަގުތުކޮޅަކަށް ގިނަގިނައިން އަވީގައި އުޅުމަށެވެ. ރާއްޖެ ފަދަ ޔޫ.ވީ އިންޑެކްސް މަތި ސަރަހައްދުތަކުގައި، ހަމުގެ ކުލަ އަލި މީހުން ހަފްތާއަކު ތަންކޮޅެއް ގިނަ ދުވަހު، މަދު މިނެޓްކޮޅަކު އަވީގައި އުޅުމުން ފުދެއެވެ. ނަމަވެސް ހަމުގެ ކުލަ ކަޅު ނުވަތަ މުށި މީހުން، ހަމުގައި ހުންނަ މެލަނިންގެ ސަބަބުން ވިޓަމިން-ޑީ އުފެއްދުމަށް ގިނަވަގުތު (ގާތްގަނޑަކަށް 25 މިނެޓް) އަވީގައި ހޭދަކުރަން ޖެހެއެވެ. ދުވާލުގެ އެކި ވަގުތުތަކަށް މި ވަގުތު ބަހާލުން ރަނގަޅެވެ.

އެންމެ ފައިދާހުރި އަވީގެ ދޯދިތައް ލިބެނީ މެންދުރުގެ ވަގުތުގައެވެ. ނަމަވެސް މި ވަގުތަކީ ހަމުގެ ކެންސަރުގެ ނުރައްކާވެސް އެންމެ ބޮޑު ވަގުތު ކަމުން، މަދު މިނެޓްކޮޅަކަށް އަވީގައި އުޅުމަށްފަހު އަވިން ރައްކާތެރިވުން މުހިންމެވެ.

މާގިނައިން އަވީގައި އުޅުމުގެ ނުރައްކާ

މާގިނައިން އަވީގައި އުޅުމަކީ ވިޓަމިން-ޑީ އިތުރުވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭގެ ސަބަބުން ހަންގަނޑު އެނދުމާއި، ތިިކިޖެހުމާއި، ހަންގަނޑު މުސްކުޅިވުމުގެ އިތުރުން ހަމުގެ ކެންސަރަށް މަގުފަހިވެއެވެ. މީގެ އިތުރުން، ލޮލުގެ ފެނުމަށް ބަދަލު އައުމާއި 'ކެޓަރެކްޓް' (ލޮލަށް ފުސް އެރުން) ފަދަ ބަލިތައް ޖެހެއެވެ. އެހެންކަމުން، އަވީގައި އުޅޭއިރު 'ޔޫ.ވީ 400' ލެންސް ހުންނަ އަވިއައިނު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މޫސުމީ ބަދަލުތަކާއި އޮތް ނުރައްކާ

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު، ދުނިޔެ ހޫނުވެ އިރުގެ ދޯދިތައް ބިމަށް ފޯރާ މިންވަރު ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ހަމުގެ ކެންސަރު ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް، ކުޑަކުދިންނާއި ޒުވާން އުމުރުގައި އަވިން ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އުމުރުގެ ފުރަތަމަ 20 އަހަރު އަވީގައި އުޅޭ މިންވަރުން، ފަހުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކަނޑައެޅޭތީއެވެ.

އަވީގެ ފައިދާ ހޯދުމަށްޓަކައި މުޅި ދުވަހު އަވީގައި އުޅޭކަށް ނުޖެހެއެވެ. ރާއްޖެ ފަދަ ގައުމެއްގައި، އާދައިގެމަތިން ބޭރުގައި އުޅޭއިރު ލިބޭ އަލިންވެސް ހަށިގަނޑަށް ބޭނުންވާ މިންވަރު ލިބިދާނެއެވެ. އެންމެ މުހިންމީ އަމިއްލަ ހަމުގެ ކުލައާއި ބާވަތަށް ބަލައިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު (ކުޑަ، ތޮފި، ސަންސްކްރީން އަދި އަވިއައިނު ބޭނުންކޮށްގެން) މެދުމިނަކަށް އަވީގެ ބޭނުން ހިފުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...