ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކަށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކަށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީން
ދުނިޔެ 27 Feb 2026 | 08:36

އިންސާނީ ވަގުފާރިއަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް އެޕްސްޓީން ބޭނުންކުރިތޯ ބަލަން ތަހުގީގެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކަށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީން، އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސް (އާރް.އޭ.އެފް) ގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން، އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާފައިވޭތޯ ބެލުމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޖޯން ހީލީ ހާއްސަ ތަހުގީގެއް ފަށްޓަވައިފިއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ޓެލެގްރާފް" އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިފާއީ ވަޒީރު ހީލީ ވަނީ ފާއިތުވި 20 އަހަރުގެ ދިފާއީ ވުޒާރާގެ ފައިލްތައް ބަލައި، އެޕްސްޓީންގެ އަމިއްލަ ޖެޓްތައް އަސްކަރީ މަރުކަޒުތަކަށް ޖެއްސުމުގައި އެއްވެސް ގުޅުމެއް އޮތްތޯ ކަށަވަރު ކުރުމަށް އޮފިޝަލުންނަށް އަންގަވާފައެވެ.

މި ތަހުގީގު ފެށުމަށް ނިންމާފައި މިވަނީ، އިނގިރޭސި ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުން، އެ ގައުމުގެ ކުރީގެ އަމީރު އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ، އެޕްސްޓީންއާ ބައްދަލުކުރުމަށް އާންމު ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން އަސްކަރީ މަރުކަޒުތަކާއި ފްލައިޓްތައް ބޭނުންކޮށްފައިވޭތޯ ބެލުމަށް ފުލުހުންނަށް ގޮވާލެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

ބްރައުން ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ޑިސެމްބަރު 2000 ގައި އެޕްސްޓީން ދަތުރުކުރި ގަލްފްސްޓްރީމް ޖެޓެއް ނޯފޯކްގެ އަސްކަރީ މަރުކަޒަކަށް ޖެއްސި މައްސަލައާ ގުޅިގެންނެވެ. އެ ދަތުރަށްފަހު އެޕްސްޓީން ވަނީ އެންޑްރޫއާއެކު ސޭންޑްރިންގހަމްގައި ހުންނަ ޝާހީ ގަނޑުވަރަށް ޒިޔާރަތްކޮށްފައެވެ.

އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ މިދިޔަ ހަފުތާގައި ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އިނގިރޭސިވިލާތުގެ ޓްރޭޑް އެންވޯއީގެ މަގާމުގައި ހުންނެވި ދުވަސްވަރު، ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް އެޕްސްޓީންއަށް ފޮނުއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމިޓީން ބުރާސްފަތި ދުވަހު ބުނީ، ސިޔާސީ ގޮތުން ނުފޫޒުގަދަ ޕީޓާ މެންޑެލްސަން، އެމެރިކާއަށް ކަނޑައަޅާ އިނގިރޭސި ސަފީރުގެ މަގާމަށް ބޮޑުވަޒީރު ކިއަރ ސްޓާމާ އައްޔަންކުރެއްވި ގޮތާ ބެހޭ ލިޔެކިޔުންތައް އަންނަ މާރިޗު މަހު އާންމުކުރާނެ ކަމަށެވެ. މެންޑެލްސަން އަކީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

މެންޑެލްސަން ވެސް މި މައްސަލައިގެ ތަހުގީގަށް ލަންޑަން ފުލުހުން ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާ ސަފީރުކަމުގެ މަގާމުން ވަކިކޮށްފައިވީ ނަމަވެސް، އެފަދަ މީހަކު އެ މަގާމަށް އައްޔަންކުރަން ނިންމި ނިންމުމާ ގުޅިގެން ބޮޑުވަޒީރު ސްޓާމާއަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ހަމައެއާއެކު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެންޓި-ފްރޯޑް އޮފީސް "އޯލާފް" އިން ވެސް ދަނީ 2004 އާއި 2008 އާ ދެމެދު މެންޑެލްސަން ބްރަސަލްސްގައި އީޔޫގެ ޓްރޭޑް ކޮމިޝަނަރުގެ މަގާމުގައި ހުރި އިރު ހިންގާފައިވާ އަމަލުތައް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
08 Oct 2026 ދުނިޔެ

ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި

ތެލުގެ އަގު ބޮޑުވަމުންދާ މައްސަލައިގައި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގޫގުލް މެޕްސް މެދުވެރިކޮށް ޕެޓްރޯލާއި ޑީސަލް އެންމެ އަގުހެޔޮކޮށް ވިއްކާ ތަންތަނުގެ މައުލޫމާތު ހޯދޭނެ އިންތިޒާމް މިއ...

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި
30 Sep 2026 ދުނިޔެ

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި

އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގްގައި ގާއިމްވެ ތިބޭތާ 12 އަހަރުފަހުން އެޤައުމު ދޫކޮށް ގޮސްފިއެވެ. އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އިރުބީލުގައި ތިބި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 100 ...

ޗާގޯސް ޑީލް ރަނގަޅެއް ނޫން؛ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެ މައްސަލަ އަލުން ބަލާނެ ކަމަށް އުއްމީދުކުރަން: ޓްރަމްޕް
23 Sep 2026 ދުނިޔެ

ޗާގޯސް ޑީލް ރަނގަޅެއް ނޫން؛ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެ މައްސަލަ އަލުން ބަލާނެ ކަމަށް އުއްމީދުކުރަން: ޓްރަމްޕް

ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނ...

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ދިފާޢީ ދާއިރާއިން ޤާބިލުކަން އިތުރުކުރަން އެހީވާނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުންދީފި
18 Sep 2026 ހަބަރު

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ދިފާޢީ ދާއިރާއިން ޤާބިލުކަން އިތުރުކުރަން އެހީވާނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުންދީފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކު...

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ދަޢުވަތެއް
08 Sep 2026 ހަބަރު

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ދަޢުވަތެއް

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައ...

އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަނުކޮށްފި
31 Aug 2026 ހަބަރު

އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަނުކޮށްފި

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ހ.ވައިޓްޑައިމަންޑް ޖަމީލާ ޢަލީ ޚާލިދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. ...