އިރާގްގައި ތިބި އިނގިރޭސި ފައުޖުގެ ބައެއް.. ފޮޓޯ: ގާޑިއަން
އިރާގްގައި ތިބި އިނގިރޭސި ފައުޖުގެ ބައެއް.. ފޮޓޯ: ގާޑިއަން
ދުނިޔެ 30 Sep 2026 | 14:06

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި

އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގްގައި ގާއިމްވެ ތިބޭތާ 12 އަހަރުފަހުން އެޤައުމު ދޫކޮށް ގޮސްފިއެވެ.

އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އިރުބީލުގައި ތިބި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 100 ސިފައިންނާއި އެމެރިކާ ސިފައިން ފައިބާފައިވަނީ، ބޭރުގެ ސިފައިން މި މަހުގެ ނިޔަލަށް އެ ޤައުމުން ފޭބުމަށް ދެ އަހަރު ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި ނިންމުމާއެކު، އައިއެސް ޖަމާޢަތާ ދެކޮޅަށް 2014 ވަނަ އަހަރު އެކުލަވައިލި ބައިނަލްއަޤުވާމީ ކޯލިޝަންގެ "އޮޕަރޭޝަން އިންހެރެންޓް ރިޒޮލްވް" މިވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފައެވެ.

ކޯލިޝަން ސިފައިން ފޭބުމާ ގުޅިގެން ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް ޒައިދީ ވިދާޅުވީ، މިއީ ޤައުމުގެ ސަލާމަތާއި ހަމަޖެހުމުގެ ފުރިހަމަ ޒިންމާ ޢިރާޤުން އަމިއްލައަށް ނަގާ އައު މަރުޙަލާއެއްގެ ފެށުން ކަމަށެވެ. އަދި މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޢިރާޤުގައި ހަތަރު ދުވަހުގެ ޤައުމީ ބަންދެއް ވަނީ އިޢުލާނުކޮށްފައެވެ.

އިނގިރޭސި ދިފާޢީ ވުޒާރާއިން ބުނި ގޮތުގައި، ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ޢިރާޤުގެ ސަލާމަތީ ބާރުތަކުގެ 111,000 އަށް ވުރެ ގިނަ މީހުންނަށާއި، ކުރުދީ ޕެޝްމާގާގެ 21,000 ސިފައިންނަށް ވަނީ އަސްކަރީ ތަމްރީނު ދީފައެވެ. އަދި އިނގިރޭސި ރޯޔަލް އެއާ ފޯސް އިން އައިއެސްގެ 2,300 އަށް ވުރެ ގިނަ އަމާޒަށް ވައިގެ ޙަމަލާތައް ދީފައިވާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ، މިއީ އައިއެސް ބަލިކުރުމަށް ހިންގި ކާމިޔާބު މިޝަނެއް ކަމަށާއި، ދެން ޤައުމުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ޢިރާޤު ސަރުކާރުން ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މަޢުލޫމާތު ދޭ ގޮތުގައި، ކޯލިޝަންގެ ޓާސްކް ފޯސްގެ މަސައްކަތްތައް ދެން ކުރިއަށްދާނީ ޢުރުދުންގައި ތިބެގެންނެވެ.

2017 ވަނަ އަހަރު އައިއެސް ބަލިކުރެވުނު ކަމަށް އިޢުލާނުކުރި ނަމަވެސް، އދ. ގެ ރިޕޯޓްތައް ބުނާ ގޮތުން އެ ޖަމާޢަތުގެ ސަތޭކައެއްހާ ހަނގުރާމަވެރިން އަދިވެސް އެބަތިއްބެވެ. މީގެ އިތުރުން، އީރާނުގެ ވާގިވެރިކަން ލިބޭ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ނުފޫޒު ކުޑަކުރުމަކީވެސް ޢިރާޤު ސަރުކާރަށް މިވަގުތު އޮތް ބޮޑު ގޮންޖެހުމެކެވެ.

މިއީ އެމެރިކާއާއި އިނގިރޭސި ސިފައިން ޢިރާޤުން ފޭބި ތިންވަނަ ފަހަރެވެ. މީގެ ކުރިން 1991 ވަނަ އަހަރުގެ ގަލްފު ހަނގުރާމައަށްފަހު އަދި 2003 ގެ ހަނގުރާމައަށްފަހު 2011 ވަނަ އަހަރުވެސް އެ ޤައުމުތަކުގެ ސިފައިން ވަނީ ޢިރާޤުން ފައިބާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ
20 Oct 2026 ދުނިޔެ

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފޮނުވާނީ ރޯޔަލް އެއާ ފޯސް )އާރްއޭއެފް(ގެ ވޮއޭޖަރ މަރުކާގެ، ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ. މި އެހީ ދެނީ ސައުދީ ސަރުކާރުން އެދިވަޑައިގަތުމުން، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާއީ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި
17 Oct 2026 ދުނިޔެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި
16 Oct 2026 ދުނިޔެ

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.