ްބްރިޖުން ފީއެއް ނެގުމާއިމެދު އަދިގޮތެއް ނުނިންމަން: މިނިސްޓަރ ނަހުލާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިނަމާލެ ބްެރިޖް ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓޮލްފީއެއް ނެގުމާއި މެދު ވަކިގޮތެއް އަދި ނުނިންމާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އައިޝަތު ނަހުލާ މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ބްރިޖުން ފީ ނަގަން ފެށުމަށް ވަކި ދުވަހެއް އަދި ކަނޑައަޅާފައިނުވާ ކަމަށާއި، ބްރިޖުންް ފީ ނެގުމާއި މެދުވެސް އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ޓޮލްފީ ނެގިކަމުގައިވިޔަސް އެ ފީ ނަގާނީ ރައްޔިތުންނަށް އަތްފޯރާ މިންވަރަކަަށް ކަމަށެވެ. އެކަމަނާ ވަނީ ކުއްލިގޮތަކަށް ފީ ބޮޑުކުރުމަކީ ރައްޔިތުންނަށް އުނދަގޫކަމަށްވެގެންދާނެކަމަށް ފާހަގަކުރައްވާފައެވެ. އަދި މިނިސްޓްރީ ދަރަނިވެރިވިޔަސް ރައްޔިތުންގެ އަތުން ބޮޑު ޓޮލްފީއެއް ނުނަގާނެކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ސިނަމާލެ ބްރިޖުން ޓޮލްފީ ނެގުމާއި މެދު ވަކިގޮތެއް އަދި ނިންމާފައިނުވިކަމުގައި މިނިސްޓަރ ވިދާޅުވިއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ޓޮލްފީގެ ނިޒާމު ގާއިމްކުރުމަށް ފައިސާ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް