ތޮއްޑޫގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ!
އއ.ތޮއްޑޫގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް، އޭނާއަށް ވަޒީދާދިން މީހާ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ތައިލޭންޑަށް ނިސްބަތްވާ މި އަންހެންމީހާ އަކީ ތޮއްޑޫގައި މަސައްކަތްކުރާ މީހެއްކަމަށެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި، އޭނާއަށް އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައިވަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ 18:50 ހާއިރުއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް