ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި، ދެ މީހަކަށް އަނިޔާވެއްޖެ
ތ.ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހަވީރު 17:00 ހާއިރު ވެލިމާ ނަމަކަށް ކިޔާ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރައި އެކްސިޑެންޓްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.'

އަދި އެކްސިޑެންޓް ވުމުގެ ސަބަބުން އެ ލޯންޗުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް