ރައީސް ޔާމީން ފުލުހަށް ހާޒިރުވާނީ ހިންގަވާފައި: އަބްދުރަހީމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުވެވަޑައިންނަވާނީ ޕީޕީއެމް އޮފީހުން ހިންގަވާފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި ފުލުހަށް ވަޑައިންނަވާނީ އެތެރެ ނުފެންނަ ބިއްލޫރި ޖެހި ކާރުގައި ނޫން ކަމަށްވެސް އަބްދުރަހީމް ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް އަބްދުﷲ ޔާމީންގެ ގައިގާ ގަޓު ހުންނަވާނެ ކަމަށާއި އެމަނިކުފާނު ގޯހެއް ނުހައްދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 14:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް