އަބުރުގެ ގާނޫނު އުވާލުމުގެ ބިލް ތަސްދީގުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަބުރު ރައްކާާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މިއަދުގެ ވަގުތެއްގައި ރައީސް މި ބިލް ތަސްދީގުކުރެއްވުމާއި އެކު، އަބުރާއި ބެހުމަކީ ކުރިންވެސް އޮތްގޮތަކަށް މަދަނީ ކުށަކަށް ބަދަލުވެގެންދާނެއެވެ. އެގޮތުން މިހާރު އަބުރާއި ބެހުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން ޖެހޭނީ 100 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ އަދަދެކެވެ. އެއީ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
މި ގާނޫނު އުވާލުމަށް ފެންނަކަމަށް ވޯޓު ދެއްވީ 38 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މި ގާާނޫނު އުވާލަން ހުށައެޅުއްވީ ކުރީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރ އަބްދުﷲ ޝާހިދެވެ. މައްސަލަ ހުށައަޅުއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އެ މައްސަލަ ހުށައެޅުއްވީ އަބުރުގެ ގާނޫނާއި، ގާނޫނު އަަސާސީގެ އެހެނިހެން މާއްދާތަކާއި ،ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ތައާރުޒުވާތީކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް