ޕްރިމިއާ ލީގް ނެގުން ގާތީ ސިޓީ ނުނީ ލިވަޕޫލް: ޕޮޗެޓީނޯ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގް ނެގުން އެންމެ ގާތީ މެންޗެސްޓާ ސިޓީ ނުނީ ލިވަޕޫލް ކަމަށް ޓޮޓެންހަމްގެ ކޯޗް ޕޮޗެޓީނޯ ބުނެފިއެވެ.
ޕޮޗެޓީނޯ މިހެން ބުނެފައިވަނީ ރޭ ޕްރިމިއާ ލީގުގައި ޓޮޓެންހަމް 6-2 ގެ ބޮޑު ނަތީޖާއަކުން އެވަޓަން ބަލި ކުރި މެޗަށްފަހު މީޑިއާތަކައި ވާހަކަ ދައްކަމުންނެވެ.
1961 ގެ ފަހުން އިނގިރޭސި ޗެންޕިއަންކަން ހޯދުމުގެ ފުރުސަތު ޓޮޓެންހަމްއަށްވެސް އޮތްކަމަށް ގަބޫލުކުރާ ކަމަށައި ނަމަވެސް އެހިސާބަށް ވާސިލްވުމަށް އަދިވެސް ވަރަށް ދުރު މަންޒިލަކަށް އޭނާގެ ޓީމް ދަތުރުކުރަން ޖެހޭ ކަމަށް ޕޮޗެޓީނޯ ބުނެފައިވެއެވެ.
ރޭގެ މޮޅާއެކު ޓޮޓެންހަމްވަނީ އެޓީމް އެންމެ ފަހުން ކުޅުނު ހަތަރު ލީގް މެޗް ކާމިޔާބުކޮށް ހަތަރުވަނައިގަ އޮތް ޗެލްސީ އަދި ފަސްވަނައިގަ އޮތް އާސެނަލްއަށްވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދާފައެވެ.
ޕްރިމިއާ ލީގް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށައި ނަމަވެސް އެކަން ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ކަމުގައި މެންޗެސްޓާ ޔުނައިޓެޑްގެ ދާއިމީ ކޯޗެއްގެ ގޮތުގައި އަންނަ ސީޒަނުގައި ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕޮޗެޓީނޯ ބުންޏެވެ.
ޓޮޓެންހަމް ރޭ ކުޅުނު މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ސަން، ޑެލެ އަލީ، ހެރީ ކޭން އަދި އެރިކްސަންއެވެ. ހެރީ ކޭންވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި އެވަޓަންގެ ފަރާތުން ފެނުނު ދެ ލަނޑު އެޓީމަށް ޖަހައިދިނީ ވޮލްކޮޓް އަދި ސިގާޑްސަންއެވެ.
ޓޮޓެންހަމް މިހާރު އޮތީ ދެވަނައިގަ އޮތް ސިޓީއަށް ވުރެ ދެ ޕޮއިންޓް މަދުން އަދި އެއްވަނައިގަ އޮތް ލިވަޕޫލަށްވުރެ ހަ ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ތިންވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް