ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
މިއަދު މެންދުރު ހަތަރު ކުއްޖަކު ފީނަން ދިޔައީ އދ. މާމިގިލި ކައިރިއަށެވެ. ގެއްލުނު 15 އަހަރުގެ ފިރިހެން ކުއްޖާ މިރޭ ވަނީ ފެނިފަ އެވެ. ނަމަވެސް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ކުއްޖާ ވަނީ ނިޔާވެފަ އެވެ.
ކުއްޖާ ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިރޭ 8:31 ގަ އެވެ.
ފުލުހުން ވެސް ދެންމެ ބުނީ މާމިގިލީ ބޭރުން ކަނޑުއަޑީން ކުއްޖާ ފެނިފައިވާ ކަަމަށެވެ. އަދި އެ ކުއްޖާގެ ހަށިގަނޑު އެ ރަށު ސިއްހީ މަރުކަަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނިޔާވީ މާމިގިލި ރޯޅި, ލޫތު އަހްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް