އޭސީޕީ ޖަމްޝީދުއާއި މުހައްމަދު މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ޑިޕާޓްމެންޓްތަކުން ދުރުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި މުހައްމަދު ޖަމްޝީދު އަދި އަހްމަދު މުހައްމަދު މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ޑިޕާޓްމެންޓްތަކުން ދުރުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖަމްޝީދު މަސައްކަތް ކުރައްވަމުން ގެންދެވި އިންޓެލް ޑިޕާޓްމެންޓް އަދި މުހައްމަދު ބަލަހައްޓަވަމުން ގެންދެވި ކްރައިމް ކޮމާންޑުން ދެ ބޭފުޅުންވަކިކޮށް ބަދަލު ކޮށްފައިވަނީ ރީޖަނަލް އޮޕަރޭޝަންސް ކޮމާންޑަށެވެ.
ރީޖަނަލް އޮޕަރޭޝަންސް ކޮމާންޑުގެ އެންމެ އިސްވެރިޔަކަށް މިވަގުތު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އިސްމާއީލް ނަވީންއެވެ. އެހެންކަމުން ޖަމްޝީދު އަދި މުހައްމަދުވެސް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ނަވީންގެ ބެއްލެވުމުގެ ދަށުންނެވެ.
ޖަމްޝީދު އަދި މުހައްމަދު ކުރިން ބައްލަވަމުން ގެންދެވި ޑިޕާޓްމެންޓްތައް ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވަނީ އެ ދެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދެވި ސީނިއާ އޮފިސަރުންނާއެވެ. އަދި އެ ދެ ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވަމުން ގެންދަވަނީ މިދިޔަ ހޯމަ ދުވަހު އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓް ކުރެވުނު އަބްދުލް މަންނާން ޔޫސުފެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް