ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކުރި ދެ ގެ. ފޮޓޯ/ބީއެމްއެލް
ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކުރި ދެ ގެ. ފޮޓޯ/ބީއެމްއެލް
ހަބަރު 25 Sep 2024 | 16:55

ބީއެމްއެލަށް ރަހުނުކުރި، މާލޭގެ ދެ ގެއެއް ވިއްކާލަނީ

ބޭންކް އޮފް މޯލްޑިވްސްއަށް ރަހުނުކުރި މާލޭގެ ދެ ގެއެއް، ވިއްކާލުމަށް އެ ބޭންކުން އިއުލާނުކޮށްފިއެވެ.

ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކުރި ދެ ގެއަކީ، މ.ބީޗްކޯނަރ އާއި މ.ނާއިންފަރުއާގެ އެވެ. މީގެ ތެރެއިން 927.33 އަކަފޫޓްގެ ބީޗްކޯނަރ ގެ ނީލަން ފެށޭ އެންމެ ކުޑަ އަގެއްގެ ގޮތުގައި ބީއެމްއެލުން ކަނޑައަޅާފައިވަނީ 23,888,429.00 މިލިއަން ރުފިޔާއެވެ. މި ގެ ވިއްކާލުމަށް ބީއެމްއެލުން ނިންމާފައިވަނީ އެ ގޭގެ ވެރިފަރާތަށް ދޫކުރި ލޯނަށް ފައިސާ ނުދައްކައިގެން ސިވިލްކޯޓުން ރަހުނު ވިއްކާލުމަށް ދީފައިވާ ހުއްދައިގެ ދަށުންނެވެ.

މ.ބީޗްކޯނަރ އަށް އަގު ހެށަހެޅުމުގެ އެންމެ ފަހު ތާރީހަކަށް ބީއެމްއެލުން ދީފައިވަނީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހެވެ.

ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކޮށްފައިވާ މ.ނާއިންފަރުއާގެ ނީލަންފެށޭ އެންމެ ކުޑަ އަގަކީ 13،000،000 މިލިއަން ރުފިޔާއެވެ. މި ގެއަކީ 792 އަކަފޫޓުގެ ބިމެއްގައި އިމާރާތްކޮށްފައިވާ ގެއެކެވެ. ނާއިންފަރުއާގެ އަށް އަގު ހެށަހެޅުމުގެ އެންމެ ފަހު ތާރީހަކަށް ބީއެމްއެލުން ދީފައިވަނީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހެވެ.

ބީއެމްއެލުން ބުނީ ގެތައް ވިއްކާލެވޭނީ، މުއްދަތު ހަމަވާ ތާރީހާ ހަމަޔަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި އެންމެ މަތީއަގު ހުށަހެޅި ފަރާތަކަށް ކަމަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު ބީއެމްއެލް ވެބްސައިޓުން ފެންނަން ހުންނާނޭކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި
19 Nov 2026 ހަބަރު

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ރީކޯ މޫސާގެ 2 ރަށެއް 45.6 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބީއެމްއެލްއިން އިއުލާންކޮށްފި
15 Nov 2026 ވިޔަފާރި

ރީކޯ މޫސާގެ 2 ރަށެއް 45.6 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބީއެމްއެލްއިން އިއުލާންކޮށްފި

މި ރަށްތަކަކީ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކަށް ރަހުނުކޮށްފައިވާ ރަށްތަކެކެވެ.

ރަޝިޔާއާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް އެއްވެސް ބަދަލެއް ނުގެންނަން: ބީއެމްއެލް
10 Nov 2026 ވިޔަފާރި

ރަޝިޔާއާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް އެއްވެސް ބަދަލެއް ނުގެންނަން: ބީއެމްއެލް

ރަޝިޔާއަށް ފައިސާ ފޮނުވުމަށާއި އެ ޤައުމުން ރާއްޖެއަށް ފައިސާ ފޮނުވުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެފަދަ މުޢާމަލާތްތައް މެދުކަނޑާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ހުޅުމާލޭގައި އަޅާ އަގުހެޔޮ ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
06 Nov 2026 ހަބަރު

ބީއެމްއެލްއިން ހުޅުމާލޭގައި އަޅާ އަގުހެޔޮ ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" އިން ހުޅުމާލޭގައި ތަރައްޤީކުރާ އަގުހެޔޮ ހައުސިންގ ޔުނިޓުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.