ޖާބިރު ރައީސްގެ މަންދޫބަކަށް، ސިފާޒް ރައީސް އޮފީހުގެ މިނިސްޓަރަކަށް، އަކްރަމް ސްޓޭޓް މިނިސްޓަރަކަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އޮފީހުގެ މިނިސްޓަރަކަށް އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ޝިފާޒު ހަމަޖައްސަވައި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ހަމަޖައްސައިފިއެވެ.
އަކްރަމް ހަމައްސާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްރަކްޗަރގެ މަގާމަށް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބަކަށް އަބްދުﷲ ޖާބިރު ވަނީ ހަމަޖައްސާފައެވެ.
ރައީސް އޮފީހުގެ މިނިސްޓަރަކަށް ޝިފާޒް ހަމަޖެއްސުމާއެކު އެ އޮފީހުގައި ޖުމްލަ ތިން މިނިސްޓަރަކު ތިއްބަވާނެއެވެ. އެއީ ކުރީގެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ޝިޔާމް އަދި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމެވެ.
ސްޓޭޓް މިނިސްޓަރކަން އަކްރަމްއަށް ދެއްވި އިރު އިތުރު އަށް ބޭފުޅަކު އެ ފެންވަރުގައި މިހާރުވެސް ރައީސް އޮފީހުގައި އެބަ ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް