ލޮރީއަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު މަރުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލޮރީއަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ހިނގާ އަނިޔާވި މީހަކު މަރުވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ 15:57 ހާއިރުކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. ނިޔާވީ ފިރިހެނެއްކަމަށްވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގި ވަގުތަކީ އެހިސާބުގެ ކާރޫބާރު އެންމެ ބޮޑުވާ ވަގުތެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެކްސިޑެންޓްގައި އެ މީހާގެ ބޮލަށް ވަރަށް ބޮޑު ޒަހަމެއް ލިބުނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް