N/A
N/A
ހަބަރު 20 Nov 2018 | 10:20

އިދިކޮޅު ޕާޓީއަކަށް ވެވޭނީ ފުރިހަމަ ލީޑަރޝިޕެއް އޮވެގެން: އީސީ ޝަރީފް

ސަރުކާރުގެ ފާރަވެރިއެއްގޮތުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.

ޝަރީފް މި ޓްވީޓްގައި އިތުރަށް ވިދާޅުވީ އެކަން ކުރެވޭނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ގާނޫނާ ގޮތުން ހެދިފައި ހުންނަ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތައް ބިނާކުރެވޭ ލީޑަރޝިޕް އެއްގެދަށުން ކަމަށެވެ.

ރައީސް ސޯލިހު މިދިޔަ ހޮނިހިރު ދުވަހު ހުވާ ކުރެއްވި ދުވަހުން ފެށިގެން އިދިކޮޅު ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް ގިނަބަޔަކުދެކެއެވެ. ނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕް ދެބައިވެ ރައީސް މައުމޫން ފެކްޝަނެއް އަދި ރައީސް ޔާމިންގެ ފެކްޝަނެއް ވަނީ އުފެދިފައެވެ.

އަދި ޕީޕީއެމްގެ މައުމޫން ފެކްޝަން ހިމެނެނީ ވެރިކަން ކުރާ ސަރުކާރަށް ނިސްބައްވާ ކޯލިޝަން ތެރޭގައެވެ.

ހަމައެހެންމެ ޕީޕީއެމްގެ ލީޑަރޝިޕްއާމެދު ގޮތެއް ނިންމުމަށް ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު އެންމެފަހުން ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ސައްހަ ނޫންކަމަށް އިލެކްޝަން ކޮމިޝަން އިން ދަނީ ބުނަމުންނެވެ.

އެހެންކަމުން ޕީޕީއެމް އަކީ އިދިކޮޅު ޕާޓީއެއް ކަމުގައި ނުވަތަ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ގޮތުގައި ކަޑައެޅޭނީ ކޯޓުން ޕީޕީއެމް އާމެދު ގޮތެއް ނިންމިއިރަކުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި
13 Oct 2026 ހަބަރު

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ފުރުޞަތު ހުޅުވާލައިފިއެވެ.