ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ތްރެޑްސްވެސް ޑައުންވިއެވެ.
ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ތްރެޑްސްވެސް ޑައުންވިއެވެ.
ދުނިޔެ 05 Mar 2024 | 16:43

ފޭސްބުކާއި އިންސްޓަގްރާމް ކުޑަވަގުތު ކޮޅަކަށް ޑައުންވެއްޖެ

ދުނިޔޭގެ އެންމެ މަގުބޫލު ދެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކާއި އިންސްޓަގްރާމް މިރޭ ކުޑަވަގުތު ކޮޅަކަށް ޑައުންވެއްޖެއެވެ. އެ ދެޕްލެޓްފޯމްގެ އިތުރުން ތްރެޑްސް އަށްވެސް މައްސަލަ ދިމާވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކަށްވަނީ އެ ހިދުމަތް ތައް ބޭނުން ނުކުރެވޭ ގޮތް ވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ޕްލެޓްފޯމްތަކުން މައްސަލަތައް ފާހަގަވާން ފެށީ ޖީއެމްޓީ 15:00 (ރާއްޖެ ގަޑިން 20:00)ހާއިރުއެވެ.

މިރޭ 8:00 ގެފަހުން ފޭސްބުކަށް ނުވަދެވިގެން ދިވެހިންގެ ގިނަބަޔަކުވެސް، އެވާހަކަ އެކަކު އަނެއްކަކަށް ހިއްސާކޮށްފައިވާއިރު،  ފޭސްބުކަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން، އެކައުންޓުތަކުން ދަނީ އޮޓޮމެޓިކްކޮށް ލޮގްއައުޓް ވަމުންނެވެ. އަދި އެކައުންޓަށް އަލުން ވަންނަން މަސައްކަތް ކުރި ނަމަވެސް އެކައުންޓަށް ނުވަދެވެއެވެ. ޕާސްވޯޑާއި ޔޫޒަރނޭމް ނުބައި ކަމަށްވެސް ބައެއް ފަހަރަށް ދައްކައެވެ.

އިންސްޓަގްރާމުން އެކައުންޓަށް ވަދެވުނު ނަމަވެސް، ގިނަ މީހުންނަށް ފީޑް ރިފްރެޝް ނުކުރެވެއެވެ. އަދި ބައެއް އެކައުންޓުތަކުން ސްޓޯރީސް އާއި ކޮމެންޓްސް ލޯޑުނުވެއެވެ.

މެޓާގެ އެންމެ ފަހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތްރެޑްސްއަށް ވަނުމުން އަރަނީ މައްސަލައެއް އުޅޭ ކަމަށް ބުނާ މެސެޖެކެވެ.

މެޓާގެ މި ތިން ޕްލެޓްފޯމަށް ދިމާވި މައްސަލަ މިހަރުވަނީ ހައްލުކޮށްފައެވެ. މައްސަލަ ހައްލުނުވެ ހޭދަވީ ގާތްގަޑަކަށް ގަޑިއެއްހާ އިރުކަމަށް ލަފާކުރެވެއެވެ.

ސައިބާ ސެކިއުރިޓީގެ ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއީ ޕްލެޓްފޯމްތަކުގެ ސާވާތައް ބަގް ޓްރެފިކުން ބޮޑުކުރުމުގެ މަގްސަދުގައި ޑިސްޓްރިބިއުޓެޑް ޑިނައިލް އޮފް ސާވިސް (ޑީޑީއޯއެސް) ހަމަލާއެއްގެ ނަތީޖާއަކަށް ވެދާނެއެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ފޭސްބުކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ އެޕްތަކަށް މައްސަލަތައް ދިމާވި ނަމަވެސް، މެޓާގެ ދަށުން ހިންގާ ވަޓްސްއެޕް ބަރާބަރަށް ބޭނުންކުރެވެއެވެ.

ފޭސްބުކަށް އެންމެ ފަހުން މިފަދަ މައްސަލައެއް ދިމާވީ 2021 ވަނަ އަހަރު ކަމަށާއި އިންޖިނިއަރުންނަށް ހިދުމަތް އަލުން ދޭން ފެށުނި ކެނޑުނުތާ ހަ ގަޑިއިރަށް ވުރެ ގިނަ އިރު ވީފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.