ސިޔާސީ މަސައްކަތުގައި އަދީބަށް ކުރިއަށް ދެވެންޖެހޭނެ - ރައީސް ޔާމީން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިޔާސީ މަސައްކަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ކުރިޔަށް ދެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ރޭ ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިއެވެ.
ޔާމީން މިހެން ވިދާޅުވެފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އިސްވެ ހުންނަވައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ ރެޖިސްޓްރީކުރުމަށް ލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.
"އަދީބު ޕާޓީއެއް ހެއްދެވުމަކީ އަދީބުގެ ހައްގެއް، އޭނާ ޕާޓީއެއް ހައްދަވަން ވާނެ، ޕާޓީއަށް މެންބަރުން އިތުރު ކުރެވޭތޯ ބަލަން ވާނެ އަދި އެކި ދާއިރާތަކަށް ކުރިމަތިވެސް ލާން ވާނެ، އެ ހުރިހާ ކަމެއް ކުރެވޭނެ ދެއްތޯ އޭގަ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް، އަޅުގަނޑު އޭގަ ދޭނީ އަދީބަށް ދެން ސިޔާސީ އެހެން ބޭފުޅުންނަށް ދޭ ގޮތަށް ގުޑް ލަކް، ގޯ ވިތް ދަ ޕްރޮސެސް،" ޔާމީން ވިދާޅުވި އެވެ.
ކުރިން ރައީސް ޔާމީންއާއި ވަރަށް ގާތް އަދީބާ ބެހޭގޮތުން މިމޭރުން ވާހަކަ ދައްކާފައި މިވަނީ އަދީބަކީ މި ބިމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާ ބޭފުޅެއް ކަމަށާއި އަދީބަކީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތް ބޭފުޅެއް މީގެ ކުރިން ޔާމީން ވިދާޅުވުމަށް ފަހުއެވެ.
އަދީބަކީ ރިޔާސީ ރައީސް ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ މައްސަލަ ސާބިތުވުމުގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރައްވަމުނެ ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް