N/A
N/A
ހަބަރު 22 Nov 2018 | 11:59

ޕީޕީއެމްގެ ތެރެއިން އާ ސިޔާސީ ޕާޓީއެއް އަންނަނީ؟

ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމަށް އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރާ ފަދަ މޭރުމަކުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް ވާހަކަފުޅުދައްކަވައިފިއެވެ.

ހަބީބް މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނާއި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވުމަށް ހުރަސްއަޅާކަމަށްބުނެ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮތަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި، އެ ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތް  ވަގުތުން ވަގުތަށް ހުއްޓާލުމަށް ދަންނަވާފައެވެ.

މި ޓްވީޓަށް ޖަވާބުދެއްވަމުން އީސީގެ މެންބަރު ހަބީބް ވިދާޅުވީ، ސިޔާސީ ޕާޓީތައް ގާނޫނީ އިމުގެ ތެރެއިން ހިންގުމަށް އީސީއިން ލިބެން ޖެހޭ އެންމެހާ އެހީތެރިކަމެއް ލިބެމުންދާނެކަމަށެވެ.

"މަނިކުފާާނު ނިސްބަތްވާ ޕާޓީގެ ބޭފުޅަކު އާ ސިޔާސީ ޕާޓީއެއް  އުފެއްދުމަށް އިއްޔެ އީސީއިން ފޯމުއެއްވެސް ގެންދަވައިފި. ހެޔޮ ނަސީބާއި ކާމިޔާބީއަށް އެދެން"، ހަބީބް އިތުރަށް ނިހާންއާއި ދިމާލަށް ވިދާޅުވިއެވެ.

ހަބީބް މިހެން ވިދާޅުވެފަައިވާ ދަނޑިވަޅަކީ، ޕީޕީއެމްގެ ލީޑަރޝިޕް ކޯޓު ހުކުމަކުން، އަނބުރާ ރައީސް މައުމޫންއަށް ލިބިއްޖެނަމަ، ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.