N/A
N/A
ހަބަރު 12 Dec 2018 | 05:31

ރައީސް މައުމޫންއަށް މިޖެހިވަޑައިގެންނެވި ހާލުކޮޅެއް ދެއްތޯއެވެ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

މީގެ 15 ވަރަކަށް އަހަރު ކުރިން މިހެން ހިތަށް އަރާނީ ކާކުހެއްޔެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވައި ގައުމުގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި ރުހުން ހޯއްދެވި، އަދި ގައުމަށް ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނުގެ މުސްކުޅިފުޅު އުމުރުފުޅުގައި މަގުމަތިން މަޑުމަޑުން ހިންގަވާފައި ގޮސް ގ.ކެނެރީގޭ މުހައްމަދު ނަޝީދުގެ އޮފީހުގެ ދޮރުގައި ޓަކިޖައްސަވަފާނެކަމަށް އެކަކަށްވެސް ޚިޔާލަށް ނުގެނެވޭނެއެވެ.

ނަޝީދަކީ މައުމޫންގެ ވެރިކަމުގައި ވަރަށް ގިނަ އަނިޔާތަކެއް ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ހިންގެވި ހަރަކާތްތަކުގެތެރޭގައި 15 ވަރަކަށްފަހަރު ފުލުހުން ބަންދުކޮށް ވައްކަމާ ޓެރަރިޒަމްގެ ޝަރީއަތް ހިންގުނެވެ. ޖަލުގައި ލިބުނު އަނިޔާތަކުގެ ސަބަބުން ލޯފުޅަށް އިޔާދަނުކުރެވޭވަރުގެ ގެއްލުމާ ކުރިމަތިވެވަޑައިގެންފައި ވެއެވެ. މުޅި ގައުމުގައި އޭރު އޮތީ ރައީސް މައުމޫންގެ އާރާބާރެވެ.

ޝަމްސުއްދީންގެ ރަސްކަމަކަށްފަހު ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅާއަށް މައުމޫން ވެވަޑައިގަންނަވައެވެ. ރަސްކަލަކަށް ނުވިޔަސް އެވަރުގެ އިއްޒަތް އެމަނިކުފާނަށް އެރުވުނެވެ. ޝަމްސުއްދީން ރަދުންނަށް ޖެހިވެޑައިގެންނެވި ހާލުކޮޅެއް މިހާރުގެ ޖީލުގެ މީހުންނަކަށް ވަރަށް ނޭނގޭނެއެވެ. އެރަދުން ދަރިކަލުން ޕްރިންސް ހަސަން އިއްޒައްދީނަށްޓަކައި ކުޅުއްވި ސިޔާސީ ގޭމެއްގައި އަތިރީގޭ އާއިލާގެ ރަންނަބަނޑޭރި ކިލެގެފާނުގެ އާއިލާއާޖެހި ބަލިވެވަޑައިގެން ޝަމްސުއްދީން ވެރިކަމުން އަޒުލުކޮށް، ޝަރީއަތް ހިންގައި، މީހުންނާ އެކަހެރިކުރުމަށްޓަކައި މާލެއާ ކައިރީގައި މިއޮތް ވިލިނގިއްޔަށް އަރުވާލާފައި ބެހެއްޓުމަށްފަހު ހާލުކޮޅުހުރިގޮތުން މާލޭގެ ގޭބަންދަށް ބަދަލުކުރެވިފައި ހުންނަވަނިކޮށް އަވަހާރަވިއެވެ.

ރައީސް މައުމޫން ވެރިކަމުން ފައިބައިވަޑައިގެންހުންނަވައި އަމިއްލަފުޅު ދަރިކަލުން ފާރިޝްމައުމޫނަށްޓަކައި ސިޔާސީ ގޭމެއް ކުޅުއްވީ އަމިއްލަ ކޮއްކޮއާއެވެ. ސިޔާސީ ގޭމުގައި ދެބޭފުޅުންވެސް ބަލިވެވަޑައިގަތީއެވެ. 30 އަހަރުވަންދެން ބިނާކުރި ކާމިނީގޭ ބާރު ރެނދުލައި ބާރު ކެނޑުނީއެވެ. އެންމެފަހުން ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާކޮށް ޖަލަށްލައި އަރުވައިލެވުނު އެމަނިކުފާނާ ސިޔާސީ އެންމެބޮޑު ދުޝްމަން ކެނެރީގޭ މުހައްމަދު ނަޝީދަށެވެ. ނަޝީދުގެ ސިޔާސީ މައިޖަގަހަ ގ. ދުންފުނިގެ ފުލުހުންވަދެ ރޫޅައިލިގޮތް އަދި އެތަނުން ފެނުނުކަމަށް ފުލުހުން ބުނިހަތިޔާރުތަކުގެ ވާހަކަ ވަރަށް ގިނަ ބައެއްގެ ހަނދާނުގައި ހުންނާނެއެވެ.

2008 ވަނަ އަހަރަށްފަހު މިއީ ނަޝީދުގެ އަތްޕުޅަށް ވެރިކަމުގެ ބާރުތައް އެރި ދެވަނަ ފަހަރެވެ. ވެރިކަމުގެ ފުރަތަމަ ދެތިން އަހަރުތެރޭގައި މުއުމޫންގެ ވެރިކަމުގައި ހިންގާފައިވާ ކަންކަން ތަހްގީގުކުރުމަށް ރައީސް މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރެއްވިވެ. އެއަށްފަހު ނަޝީދުގެވެރިކަން ނިމި ކޮއްކޮ އަބްދުﷲ ޔާމީންގެ ވެރިކަމުގެތެރޭގައި ޝަމްސުއްދީން ރަދުންނަށް ޖެހުނުހާލުކޮޅު ޖެހިވަޑައިނުގެން މައުމޫން ސަލާމަތްވެވަޑައިގަތީ ކިރިޔާއެވެ.

ކޮންމެއަކަސް ސިޔާސީ ގޮތުން ދިރިހުންނެވުމަށްޓަކައި މުހައްމަދު ނަޝީދު ރައީސް މައުމޫނާ ވަރަށް ދިގު ހަނގުރާމައެއް ކުރެއްވިއެވެ. އެހަނގުރާމަ ނިމި ނަޝީދަށް ކާމިޔާބުލިބިވަޑައިގަތުމުން މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ މުސްކުޅިފުޅު އުމުރުފުޅުގައި އަލުން ދިއްލެވި ސިޔާސީ ހަޔާތުގެ ހުޅުކޮޅު ނިވިގެންދިޔަ ނުދެއްވުމަށްޓަކައި ރައީސް މުހައްމަދު ނަޝީދުގެ ފައިންޕުޅު ދެކެން މައުމޫން އުޅުއްވާތަނެވެ. މައުމޫންގެ އުމުރުފުޅާއި ޝަޚްސިއްޔަތާއި ސިޔާސީ ދިރިއުޅުއްވުމަށްބަލާއިރު ނަޝީދުގެ އެޕޮއިންޓްމަންޓެއް ލިބިވަޑައިނުގެން އުޅުއްވަންޖެހިވަޑައިގަތުމަކީ ވަރަށް ބޮޑަށް ނިކަމެތިވެވަޑައިގަތުމެއް ކަމަށް އެހެން މީހުންދެކޭނެއެވެ.

އާދޭހެވެ. މިއަދު އެންމެ އުފާކުރައްވާނެ އެއްބޭފުޅަކީ މުހައްމަދު ނަޝީދެވެ. މާޒީގެ ކަންކަން މާޒީއާ އެކުވެގެންދިޔައީއެވެ. މިއަދު މައުމޫނަށް ޖެހިވަޑައިގަންނަވާނީ އިއްޔެ ވަގަކަށް ހައްދައިވައި، ޓެރަރިސްޓަކަށްހެއްދެވި ނަޝީދުގެ ނިންމުންތަކަށް ތަބާވެވަޑައިގަންނަވާށެވެ. އެމްޑީޕީގެ އޮފީހަށް ވަޑައިގަންނަވަން މައުމޫނަށް އެޕޮއިންޓްމަންޓް ދެއްވީ އެހެންވެގެންނެވެ. އެއްވެސް އާރެއް ބާރެއް ނެތް ބޭފުޅެއްކަން ދެއްކެވުމަށެވެ. އެންމެންނަށް މައުމޫން މިއަދު ނިކަމެތި ވެފައިވާވަރު ދައްކައިލެއްވުމެވެ. އެއްވެސް އެހީތެރިއަކުނެތި ނަޝީދު އަރިހަށް މައުމޫން ވަޑައިގަންނަވަންޖެހިވަޑައިގަތީ ގިނިކަންޏާއެވެ. އިއްޔެ އާރާއި ބާރުގައި ވެރިކަން ކުރެއްވިޔަސް މިއަދު މުސްކުޅިފުޅު އުމުރުފުޅުގައި މަޑުމަޑުން ހިންގަވާފައިގޮސް ރައީސް މުހައްމަދު ނަޝީދާ އެސަލާމްކުރައްވާއިރު ނަޝީދުގެ މޫނުފުޅުމަތިން އެފެންނަ އެހެންކަހަލަ ހިނިތުންވުމުން މައުމޫނަށް އެކިޔުއްވައިދެއްވަނީ ސިޔާސީ ވާހަކައެކެވެ.

ރައީސް މައުމޫނަށް އެފަދަ ނިކަމެތިކަމަކާއި ބޭއިހްތިރާމް ތަޖުރިބާކުރައްވަން ޖެހިވަޑައިނުގެންނެވިނަމައޭ އަޅުގަނޑުގެ ހިތަށްއެރިއެވެ. އެކަމަކު އެމީހަކު ނިމިދާނީ އެމީހަކަށް ދައްކަވަން އޮތްތަނެއް ދައްކަވާފައޭ ބުނާ ހަރުބަހެއް އޮވޭނޫންތޯއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...