އީސީއަށް ތަފާތު ބަދަލެއް، އާ ކުލަޔަކާއި ލޯގޯއެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ކުލަޔާއި ލޯގޯ ބަދަލުކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅުގައި އިލެކްޝަންސް ކޮމިޝަނުގެ އާ ކުލަޔާއި ލޯގޯ އިފްތިތާހުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ކޮމިޝަނުގެ ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވިދާޅުވެފައެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ލޯގޯ ބަދަލުކުރުމަށް ނިންމާފައިވަނީ އެ ލޯގޯއަށް ފާޑުކިޔުންތައް އަމާޒުވަމުން ދާތީކަމަށެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި އީސީގެ ލޯގޯއިން ސިފަވަނީ މީހަކު ވޯޓުފޮއްޓެއްގައި ބަގުޑި ބައްދައިގެން ހުންނަ މަންޒަރުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް