ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖެއްސި ސައިކަލްތައް ފުލުހުން ޓޯކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސިނަމާލެ ބްރިޖްގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް ދުއްވި ސައިކަލްތަކެއް ފުލުހުން ޓޯކޮށްފިއެވެ.
ދައުުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލް ދުއްވި މީހުން ގެންދިޔައީ ސްޓަންޓް ޖައްސާ މީހުން ދުއްވާފަދަ ގޮތަކަށް ދުއްވަމުންނެވެ. މިކަމާ ބެހޭގޮތުން ފުލުހުން ބުނީ، ސިނަމާލެ ބްރިޖްގައި އާއްމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް ދުއްވި ސައިކަލްތައް މިއަދު ޓޯކޮށްފައިވާކަމަށެވެ.
ތިން ސައިކަލެއް ޓޯކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ސައިކަލްތައް ޓޯކޮށްފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުންކަމަށް ފުލުހުން ބުންޏެވެ. ސައިކަލްތައް ޓޯކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
މި މައްސަލާގައި ސައިކަލް ދުއްވި މީހުންނަށް ދިން އަދަބެއް ފުލުހުން ނުބުނެއެވެ. ސިނަމާލެ ބްރިޖް އަދި ހައިވޭއަކީ މާލެ ސަރަހައްދުގައިވެސް އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް