ފުވައްމުލަކު ޒުވާނެއް ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޏ. ފުވައްމުލަކު ޒުވާނެއް ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
އެގޮތުން ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ، ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ)އެވެ.
ފުލުހުން ބުނީ، އިޔާޝްގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
އަދި އަޙްމަދު ޢިޔާޝް ވަސީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދުފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް