ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފ. ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ނިލަންދޫއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން މިރޭ 10:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ މިއަދު ހަވީރު ގެއިން ނިކުތްގޮތަށް ހަބަރެއް ވެފައިނުވާ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފަ އެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް