މުގާބޭ ސިންގަޕޫރުގައި، ރަނގަޅަށް ނުހިނގޭ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޒިންބާބްވޭގެ ރައީސްކަމުގެ މަގާމު ދިގު މުއްދަތެއް ވަންދެން އަދާކުރެއްވި ރޮބަރޓް މުގާބޭގެ ބަލިހާލުކޮޅު ދެރަވެ، ނުހިނގޭވަރު ވުމުން ސިންގަޕޫރުގައި ބޭސްފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.
ޒިންބާބްވޭގެ ރައީސް އެމަރސަން މުނަންގަގްވާ އާއި ހަވާލާދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި، މުގާބޭދަނީ ފާއިތުވެދިޔަ ދެމަސްދުވަހު ސިންގަޕޫރުގައި އާލާސްކަންފުޅަށް ބޭސްފަރުވާ ކުރައްވަމުންނެވެ. މުނަންގަގްވާ ވަނީ އަންނަ ހަފްތާގަައި މުގާބޭ އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.
މުގާބޭގެ ބަލިހާލުކޮޅުގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ފަރުވާއަށް ޚަރަދުކުރަމުން ގެންދަނީ ޒިންބާބްވޭގެ ސަރުކާރުންނެވެ.
37 އަހަރު ވަންދެން ޒިންބާބްވޭގެ ވެރިކަން ކުރެއްވުމަށްފަހު، މުގާބޭ މަގާމުން ދުރުވެވަޑައިގެންނެވީ، އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭގެ ނުފޫޒު ގައުމުގައި ގަދަވާން ފެށުމުން އެކަމާއި ދެކޮޅަށް ސިފައިން ތެދުވެ އޭނާ މަގާމުން ދުުރުވުމަށް މަޖުބޫރުކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް