ގެލިގެން ހޯދަމުންދިޔަ މަޑިފުށީ މީހާ ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ގެއްލިގެން ފުލުހުންނަށް ރިފޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު، (34އ) ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އޭނާ ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން އިއްޔެ ބުނީ، ހަސަން ނިހާލު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރީ ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 20:07 އެހައިކަންހާއިރު ކަމަށެވެ.
އެހެން ކަމުން، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދުނެވެ.
އާއިލާއަށް ގެއްލިގެން އެފަދައިން ރިޕޯޓް ކުރާ ގިނަ މީހުން، އެމީހުން ހޯދަން އިއުލާން ކުރުމާއެކު އާއިލާއަށް ޚަބަރުވެގެން ފުލުހުން އެކަން އިއުލާން ކުރާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް