ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން-- ފޮޓޯ: ރޮއިޓާސް
ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ 24 Jan 2024 | 01:40

އިސްރާއީލުން ނަތަންޔާހޫ އާއި ދެކޮޅަށް ތެދުވެ، ސަރުކާރު ބަދަލު ކުރަން ގޮވާލައިފި

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް، ގައުމުގެ ސަލާމަތާ ބެހޭ ގޮތުން ގޯސްކޮށް އަމަލުކުރާ ކަމަށް އިސްރާއީލުގެ ރައްޔިތުން ތުހުމަތުކޮށްފިއެވެ. މި މުޒާހަރާގައި އާ އިންތިޚާބެއް ބޭއްވުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ ކުރިންވެސް ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކުރި ނަމަވެސް އެ މުޒާހަރާތައް ހުއްޓުނީ އޮކްޓޫބަރު 7 ގައި އިސްރާއީލުން ޣައްޒާއަށް ދޭންފެށި ލާއިންސާނީ ހަމަލާތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުމަށް ގާތްގަނޑަކަށް ހަތަރުމަސް ވެފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އިސްރާއިލުގެ ސަރުކާރާއި ދެކޮޅަށް ނުކުމެފައެވެ.

ދާދި ފަހުން ހަމާސް ބަލިކުރުމަކީ ޙަޤީޤަތާއި ޚިލާފު ކަމެއް ކަމަށް އިސްރާއީލުގެ ކެބިނެޓް މިނިސްޓަރު ބުނުމާއި ގުޅިގެން އިސްރާއީލުގެ ސަރުކާރުގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދެން ފަށާފައެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ލާއިންސާނީ އެތައް ހަމަލާއެއް ދެމުން އަންނަ ވަގުތެއްގައި އިސްރާއީލުގެ ސަރުކާރުގެ ތެރޭގައި ބައިބައިވުންތައް އުފެދެމުން އަންނަނީ ކެބިނެޓް މިނިސްޓަރެއް ކަމަށްވާ ގާޑީ އައިސެންކޮޓް، ހަމާސް ބަލިކުރުމުގެ އެއްވެސް މަގްސަދެއް ނެތްކަމަށް ލަފާދީ،  ވީހާވެސް އަވަހަށް އިންތިޚާބު ބޭއްވުމަށް ގޮވާލުމުންނެވެ.

މީގެ އިތުރުންވެސް އޭނާ ބުނީ ޣައްޒާގެ ބޮޑު ބައެއް ހަލާކުވެފައިވާކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ކަަމަށާއި ދޮގު ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އައިސަންކޮޓް މިހެން ވިދާޅުވީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމާސްގެ މައްޗަށް "ފުރިހަމަ ކާމިޔާބީ" ހޯދަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފައި ވަނިކޮށެވެ. މީގެ އިތުރުންވެސް އިސްރާއީލުގެ ސިފައިންތަކެއް ޣައްޒާ ގެ ބައެއް ހަލާކު ކޮށްލުމަށް ފަހު އެނބުރި އައި ވާހަކަ ދޮގު ކުރަމުން ބުނީ ހަމާސް ގެ މީހުން ތިބި ތަން ހަލާކުކޮށްނުލެވޭ ކަމަށާއި ސްޓްރެޓެޖިކް ކާމިޔާބީއެއް ނުލިބުނު ކަމަށެވެ.

މި ވާހަކަތަކަކީ އިސްރާއީލުގެ ސަރުކާރުގެ ކޯލިޝަން ތެރެ "ފަޅައިގެން" ދިއުމުގެ އެންމެ ފަހުގެ އަލާމާތްތަކުގެ އިތުރުން ނަތަންޔާހޫގެ ހަނގުރާމައިގެ ރޭވުންތަކާ މެދު އެގައުމުގެ ހިތްހަމަނުޖެހުން އިތުރުވަމުންދާ އަލާމާތެއް ކަމަށް ބޭރުގެ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގެ 7 ވަނަ ދުވަހު ހަމަލާތައް ދޭން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް ސަރުކާރުގެ ތެރޭގައި ދެބަސްވުންތައް ވަނީ އުފެދިފައެވެ.

އައިސަންކޮޓް ދެއްވި އިންޓަވިއުގައި އިތުރަށް ބުނީ އިސްރާއީލަށް އާ އިންތިހާބެއް ބޭނުންވާކަމަށާއި ނަތަންޔާހޫގެ ލީޑަޝިޕަށް އާންމުންގެ އިތުބާރު މިހާރު ނެތްކަމަށެވެ.

ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ގާތްގަނޑަކަށް ހަތަރު މަސް ވެފައިވާއިރު، މި ހަމަނުޖެހުމަށް އަލި މަގެއް އަދި ފެންނާކަށް ނެތެވެ. މިހަމަލާތަކުގައި ޣައްޒާގައި 25,700  މީހުން ޝަހީދުވެފައިވާއިރު، 63,740 މީހުން ޝަހީދުވެ އެ ސަރަހައްދު ވަނީ ފަޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.