މޫދަށް އެރިއުޅުނު 5 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހއ.ދިއްދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކުޑަރަށު ފަސްގަނޑަށް ދަތުރު ގޮސް މޫދަށް އެރި އުޅުނު އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.
ހދ. ނަޅިވަރަންފަރު ކައުންސިލުން މައުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ އެރަށު އަހްމދު ޝިފާންއެވެ. މި ހާދިސާގެ މާބޮޑު ތަފްސީލެއް ލިބިފައި ނުވިނަމަވެސް އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
ދިއްދޫއިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ޝިފާން މަރުވީ މޫދަށްއެރި އުޅެނިކޮން ގެބިގެންނެެވެ. އެކުއްޖާ މޫދުގައި އުޅެނިކޮން އޮއިވަރެއްގައި ޖެހިބޭރަށް ދަމައިގަތީ ކަމަށާ، އެ މަންޒަރު މޫދުގައި ތިބި ބަޔަކަށް ފެނިގެން ނެގިއިރު، ޝިފާންގެ އެއްވެސް ޙަރަކާތެއް ނެތްކަމަށް ދިއްދޫން ވާހަކަ ދެއްކިމީހަކު މަންޒަރުދުށް ބަޔަކާ ޙަވާލާދީ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް