N/A
N/A
ހަބަރު 23 Dec 2018 | 02:50

މޮރީނިއޯ ކޯޗް ކަމުން ވަކިކުރުމުން ޔުނައިޓެޑް ކުޅުންތެރިންގެ ފިޔަ ފަޅައިފި

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗްކަމުން މޮރީނިއޯ ވަކިކުރުމަށްފަހު ކެއަރ ޓޭކަރއެއްގެ ގޮތުގައި ހަމަޖެއްސި ޔުނައިޓެޑުގެ ލެޖެންޑް ސޯލްޝާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު 5-1 ގެ ބޮޑު ނަތީޖާއަކުން އެޓީމް މޮޅުވެއްޖެއެވެ.

މުޅިންވެސް އެޓޭކިން ފުޓްބޯޅައެއް ޔުނައިޓެޑުގެ ފަރާތުން ފެނުނު މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ތިންވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ރަޝްފޯޑެވެ. ޔުނައިޓެޑުގެ ދެވަނަ ލަނޑަކީ ޕޮގްބާ ދިން ޕާހަކުން ޕެނަލްޓީ އޭރިއާ ބޭރުން ހެރޭރާ ވަރަށް ބާރަށް ފޮނުވާލީ ބޯޅައަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ލިބުނު ޕެނަލްޓީއަކުން ކާޑިފްގެ ހަމައެކަނި ލަނޑު ކަމަރާސާ ޖަހައިދިންއިރު އޭގެ ކުޑަވަގުތު ކޮޅެއްފަހުން ޔުނައިޓެޑުގެ މާޝިއަލްވަނީ ލަނޑެއް ޖަހައި އެޓީމުގެ ލީޑް އަނެއްކާވެސް ދެ ލަނޑަށް ފުޅާ ކޮށްދީފައެވެ.

ފަހު ހާފުގައި ޔުނައިޓެޑުގެ ދެ ލަނޑު ފެނިގެން ދިޔައިރު އެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޖެސީ ލިންގާޑެވެ. އޭގެން އެއްލަނޑަކީ ލިބުނު ޕެނަލްޓީއަކުން ލިންގާޑް ޖެހި ލަނޑެކެވެ.

މި މެޗަކީ ސަރ އެލެކްސް ފާގަސަންގެ ވަދާއީ މެޗުގައި 2013 ވަނަ އަހަރު ވެސްޓް ބްރޮމްއައި ދެކޮޅަށް ޔުނައިޓެޑް ފަސް ލަނޑު ޖެހިފަހުން ލީގުގައި އެޓީމް ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޝޯލްޝާ ބުނީ ރަނގަޅު ކުޅުންތެރިން ތިބިއްޔާ ފުޓްބޯޅައަކީ ކުޅެން ވަރަށް ފަސޭހަ އެއްޗެއްކަމަށެވެ. އޭނާ ޔުނައިޓެޑުގެ ޓީމައި ހަވާލުވާން އައީ ބުދަ ދުވަހުގެ ރޭގަނޑު ކަމަށައި އެހެންކަމުން މެޗުގެ ކުރިން ކުޅުންތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ލިބުނީ ހަމައެކަނި ބުރާސްފަތި އަދި ހުކުރު ދުވަސް ކަމުގައި ކަމަށްވެސް ޝޯލްޝާ ބުންޏެވެ.

ޔުނައިޓެޑް މެޗުން މޮޅުވުމުގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އެޓީމުގެ ކޫރީގެ ކުޅުންތެރިޔާ ވޭން ރޫނީ ކަމުގައި ކަމަށްވެސް ޝޯލްޝާ ބުނެފައިވެއެވެ. ޓީމައި ހަވާލުވުމުން ރޫނީ އޭނާއަށް މެސެޖެއް ކުރި ކަމަށައި އެ މެސެޖުގައި އޮތީ ކުޅުންތެރިން ލައްވާ ރީތި ފުޓްބޯޅައެއް ކުޅުވުމަށައި ޔުނައިޓެޑް ޔުނައިޓެޑުގެ ގޮތުގައި ދައްކާލުމަށް ސަމާލުކަން ދިނުމަށް ކަމުގައި ޝޯލްޝާ ބުންޏެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ބައްދަލު ކުރަން ހަމަޖެހިފައިވަނީ ލީގުގައި ހަޑަސްފީލްޑާއެވެ.

ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ބްރައިޓަން އަތުން ބޯންމައުތް މޮޅުވީ 2-0 ކުންނެވެ. 3-1 ކުން ސައުތްހެމްޕްޓަން ހަޑަސްފީލްޑް ބަލިކުރިއިރު ވޮޓްފޯޑްވަނީ 2-0 ވެސްޓް ހަމް މައްޗަށް ކުރި ހޯދާފައެވެ.

ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއައި ދެކޮޅަށް ކުޅުނު މެޗުން 3-2 ކުން ބަލިވުމުން މެންޗެސްޓާ ސިޓީ އެއްވަނައަށް އަރަށް ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ. ސިޓީ ބަލިވުމާއެކީ ލިވަޕޫލް އެއްވަނައިގަ އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުއެވެ.

ސިޓީގެ އިތުރުން ރޭ ޗެލްސީވެސްވަނީ ކުޅުނު މެޗުން ބަލިވެފައެވެ. ޗެލްސީ ބަލިވީ ލެސްޓާ ސިޓީ އަތުން 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އާސެނަލް އަދި ބާންލީ ބައްދަލުކުރި މެޗު 3-1 ކުން ކާމިޔާބުކުރީ އާސެނަލްއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...