ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ރ. ދުވާފަރަށް ނިސްބަތްވާ ޒުވާނެކެވެ.
ފުލުހުން ބުނީ ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް މިއަދު 15:20 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނިޔާވެފައިވަނީ ލިލީމާގެ / ރ. ދުވާފަރު، މުޙައްމަދު ޝައްފާން (30އ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް