N/A
N/A
ހަބަރު 25 Dec 2018 | 07:00

ސަރުކާރުގެ ތަރައްގީގެ ސްޕީޑް ބަރަވެލި ދުވެލީގައި

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުން ކުރި އެންމެ ފުރަތަމަ ކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގެ މޫނުމަތިކަމަށްވާ އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި ޖަހާފައިވާ މާބުލްއިން ބައެއް ހަލާކުކޮށް އަލުން މަގެއް ހުޅުވަން އުޅުމެވެ.

އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާނަގައިގެން ހެދި ރިޔާސީ ފާލަންކޮޅާއި ޖުމްހޫރީ މައިދާނުގައި ހެދި ފެންއަރުވާ ވަޑާމާއި އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި މާބުލްޖެހުމާއި ރަސްރަނި ބަގީޗާ އެންމެ ފުރިހަމަ ރީތި ޒަމާނީ ބަގީޗާއަކަށް ހެދުމަކީ މާލޭގެ މޫނުމައްޗަށް ގެނުވި ޒީނަތްތެރިކަމެކެވެ.

ޖުމްހޫރީ މައިދާން އެހިމެނޭ ސަރަހައްދަކީ މާލޭގެ މޫނުމަތިއެކަންޏެއްވެސް ނޫނެވެ. އެއީ މުސްކުޅި އެވޭލާ ޒަމާނުއްސުރެވެސް މާލޭގެ ހިތެވެ. ގަނޑުވަރުތަކާއި ސަރުކާރުގެ ވުޒާރާތަކާއި ގައުމު ދިފާއުކުރާ މައިމަރުކަޒު ހިމެނޭ ސަރަހައްދެވެ. އެހެންވެ އެއީ އަބަދުވެސް ޚާއްސަ ހިސާބެކެވެ. އެސަރަހައްދުގެ އެންމެ ނަލަ މަންޒަރުތަކެއް މީގެކުރިން އަޅުގަނޑުމެން ދެކެފައިވަނީ 1950 ގެ އަހަރުތަކުގައި އިބްރާހިމީ މައިދާނުން ފެނުނު ބަގީޗާތަކެވެ. އެއަށްފަހު އެބަގީޗާތަކަށް އައިޚަރީފްމޫސުމަށް ނިމުމެއް ނައިސް މިދިޔަ ދިގުޒަމާން ވޭތުވެދިޔައީއެވެ.

1950 ގެ އަހަރުތަކުގައި އިބްރާހިމީ މައިދާނުން ފެނުނު ބަގީޗާތައް

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މާލޭގެ ރަސްކަމުގެ ކިއްލާގައި ހިމެނުނު ގަނޑުވަރުތައް ތަޅާލައި، ގަނޑުވަރު ހިމެނުނު ސަރަހައްދުގައި މަށަންދަތި އަޅައި އެއްވެސް ރަންފޮއްޓެއް ވަޅުލާފައިވޭތޯ ކޮނެހަދައި އަލުން ބިން އެއްވަރުކުރުމަށްފަހު ގަސްތަކެއް އިންދާފައި މިދިޔަ ދުވަސްތަކުގައި އެތަނުގައި ސަލްޓަންޕާކޭ ކިޔައި ނަންބޯޑެއް އަޅުވާފައި ހުއްޓެވެ. ސަލްޓަންޕާކު މިނަމަކީ ދިވެހި ރާއްޖޭގެ ރަސްކަމުގެ ކިއްލާގެ ނަމެއްނޫނެވެ. އެކަމަކު އެތަނަށް އެނގިރޭސިބަހުން ސަލްޓަންޕާކޭ ކިޔައި ނަންދިނުމުގެ ހިކުމަތެއް އަޅުގަނޑަކަށްނޭގުނެވެ. އެތަނަކީ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުން ދިރިއުޅުއްވި ގަނޑުވަރުތައް ކަމަށް އަޅުގަނޑުމެންގެ ތާރީޚް ބުނެއެވެ.

ކޮންމެއަކަސް އެއީ ނިމިގެންގޮސްފައިވާ އަޅުގަނޑުމެންގެ ތާރީޚެވެ. އެވާހަކަ ބާއްވާފައި އެސަރަހައްދަށް މިހާރު ގެނެސްފައިއެވާ ފެހިކަމާއި ނަލަކަމާއި ތާހިރުކަމާއި ހަމަހިމޭންކަމުގެ ތެރެއަށް އެވެއްދި ބުލްޑޯޒަރާއި މެދު ވިސްނާލަމާތޯއެވެ.

ޔާމީންގެ ވެރިކަމުގައި އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާއި ދެމެދުން އޮތް އެއްކޮޅަށް ދުއްވާ އަމީރް އަހުމަދު މަގުގެ އެހިސާބަށް އޮތް ބައި ބަންދުކޮށް އަދި އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާއި ދެމެދުން އޮތް މެދުޒިޔާރަތްމަގުގެ ތަންކޮޅުވެސް ބަންދުކޮށް، ޚިޔާލެއް ފިކުރެއްނެތި ޖުމްހޫރީ މައިދާނުން އިސްލާމީ މަރުކަޒުން ރަސްރަންޏަށް ހިގާލާފައި ކުދިވެރިންނާއެކު ހިގާފައި އުޅެވޭގޮތަށް ބަދަލުކޮށްލީއެވެ.

މާލެތެރެއިން އިވޭ ކާރުތަކުގެ ބަރުގޮނުގެ އަޑު ހަމައެކަނި ނީވޭ ތަންކޮޅަކީ އެސަރަހައްދެވެ. މިހެން ހެދީމާ އަބަދު ކާރުތަކާއި ސައިކަލްތަކުގައި ދަތުރުކޮށްކޮށް ހުރިމަގު ކުއްލިއަކަށް ބަންދުވެގެން އުނދަގޫތަކެއް ދިމާވީތާއެވެ. މިހެން މިދިމާވީ އޭރުގެ ސަރުކާރުން މާ އަވަސް އަރުވާލައިގެން ޓީވީން ލައިވްކޮށް ފޯރަމެއް ނުބާއްވައި މީހުންގެ ޚިޔާލު ނުހޯދައި ކަންކުރީމައިކަން މިއަދުގެ ސަރުކާރުން އެސާބިތުކޮށްދެއްވީއެވެ.

އާ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ ނަހްލާ ރައްޔިތުންގެ ޚިޔާލު ހޯއްދެވީއެވެ. އެކަމަކު އެފޯރަމްގައި ޚިޔާލު ދިން މީހުންނަކީ ޓެކްސީ ޑްރައިވަރުންނަށްވީމާ ޑްރައިވަރުންނަށް އޮންނާނީ މީހެއްގެ ދެފައިދެގޯޅިންވެސް، މަގެއްވިޔަސް ގޯޅިއެއްވިޔަސް ހަދައިގެން ކުރުމަގަކުން ޓެކްސީ ދުއްވައިލެވުނީމާ އެލިބޭ ފަސޭހަކަންކަމަށްވުމުން ވަރަށް ޅަ އަދި ޒުވާން މިނިސްޓަރ ނަހުލާގެ ހިތްޕުޅު ޑްރައިވަރުން އެދެއްކި ދަޅަޔަކުން މުޅިން އެމީހުންގެ މައްޗަށް އެބުރިގެންގޮސް ޖެހިގެން އައިދުވަހު އާސަރުކާރުގެ ތަރައްގީގެ ތަސައްވުރޭ ކިޔައި ބުލްޑޯޒަރުނެރެ އެރީތި މާބުލްތައް ތަޅައި ކުނޑިކުޑިކޮށްލީއެވެ.

ބުލްޑޯޒަރު އެއްކޮޅުގައި ބޭއްވީމާ އޭގެ ދަތްގަޑު އަނެއްކޮޅަށް ފޯރާވަރުގެ ކައިވަތެއްހާ އެކުޑަކުޑަ ސަރަހައްދުގެ މާބުލްތައް ހަލާކުކޮށް ބިން ކޮނެހަދާތާ މަސްދުވަސްވަނީއެވެ. އެތަންކޮޅުގައި ގާއަޅައި ނިންމައިނުލެވި ބަރަވެލި ދުވެލީގައި މިދާ ހަލުވި ސްޕީޑަކީ އާސަރުކާރުގެ ތަރައްގީގެ ސްޕީޑްކަމަށް ހިތަށް ނުގެނެވޭނެތޯއެވެ.

މިހާރު ވިސްނުން އެހެރީ ރަސްރަނި ބަގީޗާގެ ކުރިމަތިން އެއޮތް މާބުލްއިން ޒީނަތްތެރިކޮށްފައިވާ ތަންވެސް ތަޅައި ގާއެޅި މަގަކަށް އަލުން ހެދުމަށެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ނިސްބަތްވާ ކޯލިޝަން ސަރުކާރުގެ ތަރައްގީގެ ތަސައްވުރެވެ. އެކަމަކު މެނިފެސްޓޯގައި އެތަސައްވުރެއް ނެތެވެ. އެއީ ކޯލިޝަން ސަރުކާރަށް ޓެކްސީ ޑްރައިވަރުން ކުރަހައިދިން ތަސައްވުރެކެވެ.

ދެން ހުންނެވީ އަޅުގަނޑުމެންގެ މާލޭގެ މޭޔަރ ޝިފާ މުހައްމަދެވެ. މޭޔަރު އެންމެ ބޮޑަށް ކޯފާވަނީ ސަލްޓަންޕާކުގެ ނަން ރަސްރަނި ބަގީޗާއޭ ކިޔައިގެންނެވެ. ކޯފާވެވެނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެކަމަކު ހަމަ ކޯފާވެވެނީއެވެ. ޔާމީންގެ ވެރިކަމުގައި ކުރިކަމެއްވީމާ ހިތުތެރޭގައި އެއުފެދޭ ނުރުހުމެކެވެ.

ކޮންމެއަކަސް ޔާމީން ގެނައީވެސް އެއްބަޔަކަށް ތަރައްގީއެކެވެ. މިއަދު އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އެތަންތަން ތަޅައި އަލުން އިހު ހުރިގޮތަށް ހެދުން އެއީ އަނެއްބަޔަކަށް ޖަޒީރާ ރާއްޖޭގެ ތަރައްގީއެވެ. ޚަރަދުކުރަނީ އެކައްޗެކެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސްފައިސާއެވެ. ބަރަވެލި ދުވެލީގައި މަސައްކަތްކުރުމަކީ ރައްޔިތުންގެ ފައިސާ ވޭސްޓްކުރުންކަމަށް ނުވާނެތޯއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...