އާސެނަލްގެ ކުޅުންތެރިން ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އާސެނަލްގެ ކުޅުންތެރިން ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 05 Mar 2024 | 07:36

ޕްރެމިއާ ލީގުގައި އާސެނަލްއަށް ޚާއްސަ ރެކޯޑެއް

އިގިރޭސި ޕްރެމިއާ ލީގުގެ ތާރީޚްގައި ރަށުން ބޭރުގައި ޖެހިޖެހިގެން ތިން މެޗުގައި ފަސް ލަނޑު ނުވަތަ އެއްވުރެ ގިނަ ލަނޑު ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފް އާސެނަލުން ހޯދައިފިއެވެ.

ހޯމަދުވަހުގެ ރޭ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކުރިއިރު، ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު ވެސްޓްހަމް ދަނޑުގައި އެޓީމާއި ދެކޮޅަށް ކުޅުނު މެޗު ވެސް އާސެނަލުން ކާމިޔާބުކޮށްފައި ވަނީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކުން 27 މެޗު ކުޅެފައިވާއިރު އާސެނަލް މިވަގުތު އޮތީ 61 ޕޮއިތންޓާއެކު ލީގު ތާވަލްގެ ތިންވަނައިގައެވެ. ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 62 ޕޮއިންޓް ލިބިފައިވާއިރު ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ 63 ޕޮއިންޓާއެކު ލިވިޕޫލް އެވެ.

މީގެއިތުރުން މިސީޒަނުގައި ލީގުގައި ކުޅުނު 27 މެޗުގައި އާސެނަލުން 68 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ވެސް އާސެނަލް އިންނެވެ. އަދި މިލިސްޓުގެ ދެވަނާގައި އޮތީ 64 ލަނޑު ކާމިޔާބުކޮށްފައިވާ ލިވިޕޫލު އެވެ. އަދި ތިންވަނައަށް އެންމެ ގިނަ ލަނޑުޖެހި މެންޗެސްޓާ ސިޓީއަށް 27 މެޗުގައި ކާމިޔާބުކުރެވިފައިވަނީ 62 ލަނޑެވެ.

މީގެ އިތުރުން ލީގުގައި ކުޅުނު 27 މެޗުން އާސެނަލް ކޮޅަށް 23 ލަނޑު ވަދެފައިވާއިރު، ލީގުގައި މިހާތަަނަށް އެންމެ މަދުން ލަނޑު ވަދެފައިވަނީ ވެސް އެޓީމު ކޮޅަށެވެ. މިލިސްޓުގެ ދެވަނަ ލިބެނީ ލިވަޕޫލަށެވެ. 27 މެޗުން އެޓީމު ކޮޅަށް 25 ލަނޑު ވަދެފައިވާއިރު، ލިސްޓުގެ ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކޮޅަށް 27 މެޗުގައި ވަނީ 27 ލަނޑު ވަދެފައެވެ.

ލީގުގައި އާސެނަލް އަށް ދެން އެންމެ އަވަހަށް އޮތީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...