މޮރޯކޯ އާއި ސޮކްޓްލޭންޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައިސްޕޯޓްސް
މޮރޯކޯ އާއި ސޮކްޓްލޭންޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައިސްޕޯޓްސް
ކުޅިވަރު 20 Jun 2026 | 02:03

މޮރޯކޯއަތުން ބަލިވެ ސޮކްޓްލޭންޑަށް ހާސްކަން

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މޮރޯކޯ އާއި ސްކޮޓްލޭންޑް ބައްދަލުކުރިމެޗް މޮރޯކޯ ކާމިޔާބުކޮށްފިއެވެ.

ގްރޫޕް ސީއަށް ނިސްބަތްވާ މިދެޓީމްގެ ކުރިމަތިލުން މޮރޯކޯ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގެ ވަރަށް ކުރީކޮޅު މޮރޯކޯއިން ވަނީ ލަނޑެއްޖަހައި ލީޑް ނަގާފައެވެ. މި ލަނޑު ޖަހައިދިނީ، ސްކޮޓްލޭންޑްގެ ޑިފެންޑަރު ގްރާންޓް ހެންލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އިސްމާއިލް ސައިބާރީއެވެ.

ބޮސްޓަންގައި ކުޅުނު މިމެޗްގައި މޮރޯކޯއިން ވަނީ ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރުތަކެއްނުވެ، ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތެއް ސައިބާރީއަށް ލިބުނެވެ. މިމެޗްގައި އެންމެ ފާހަގަވެގެން ގޮސްފައިވަނީ ސްކޮޓްލޭންޑަށް ލިބެންޖެހޭ ޕެނަލްޓީއެއްގެ މައްސަލައެވެ.

މެޗްގައި މާގިނަ ހަމަލާތަކެއް ފެނިގެން ނުދިޔަނަމަވެސް މޮރޯކޯއިން ވަނީ ސްކޮޓްލޭންޑްގެ ގޯލަށް ދޭތެރެއަކުން ނުރައްކާކޮށްފައެވެ.

މި ގްރޫޕްގެ މެޗްތައް މިހާހިސާބަށް އާއިރު، އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ބްރެޒިލް އަދި މޮރޯކޯއަށެވެ. ނަމަވެސް ސްކޮޓްލޭންޑަށްވެސް އަދި އެ ފުރުސަތު އެބައޮތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...