އަބްދުﷲ ރަޝީދުގެ އާއިލާ ނޫސްވެރިންނަށް މައުލޫމާތު ދެނީ/ ފޮޓޯ: ޚަބަރު އޮންލައިން
އަބްދުﷲ ރަޝީދުގެ އާއިލާ ނޫސްވެރިންނަށް މައުލޫމާތު ދެނީ/ ފޮޓޯ: ޚަބަރު އޮންލައިން
ހަބަރު 29 Oct 2022 | 06:32

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ކޯޓަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިއްހީ ފަރުވާ ނުދެވުމުގެ ސަބަބުން ނިޔާވި ގދ ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އޭނާގެ އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ 43 އަހަރުގެ އަބްދުﷲ ރަޝިދު ނިޔާވެފައިވަނީ 2 ގަޑިއިރެއްހާއިރު ފަރުވާއެއް އެދި އާދޭސްކުރުމަށްފަހުގައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައެވެ.

އާއިލާއިން ބުނިގޮތުގައި އަބްދުﷲ އަށް ސިއްހީ ފަރުވާދިނުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި މަޑަވެލީ ކައުންސިލްގެ ނައިބު ރައީސް ފުލުހުންނަށް ދަންނަވާފައިވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ނުގެންދެވޭނަމަ އެތަނަށް ޑޮކަޓަރެއް ގެނެވިދާނެކަމަށް ބުނެފައިވާކަމަށްވެސް އާއިލާއިން މީޑިއާތަކަށް މައުލޫމާތުދެމުން ކިޔައިދީފައިވެއެވެ. އެހެން ނަމަވެސް އޭނާއަށް ސިއްހީ ފަރުވާ ދިނުުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ.

އެ މައްސަލައިގެ ތަހުގީގަށްކަމަށް ބުނެ ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ވަނީ ފުލުހުން އެދުނުގޮތަށް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެވެ.

އެހެން ނަމަވެސް އާއިލާއިން އެކަމަށް ދެކޮޅުހަދައެވެ. އާއިލާއިން އެދެނީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްދިނުމެވެ. ޕޯސްޓްމޯޓަމް ހެދުމުގެ ބޭނުމެއް ނެތްކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. އަދި އެ މައްސަލައިގައި އިތުރަށް ކުރިއަށް ދާން ބޭނުން ނުވާކަމަށްވެސް އާއިލާއިން ބުނެއެވެ.

އެއާއެކުވެސް ދައުލަތުން ގެންދަނީ ހަށިގަނޑު އާއިލާއަށް ހަވާލުކުރުމާއި ދެކޮޅު ހަދަމުންނެވެ.

އެހެންކަމުން އާއިލާއިން ވަނީ ހަށިގަނޑު ހޯދުމަށް ސިވިލް ކޯޓަށް އެ މައްސަލަ ހުށައަޅާފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ސިވިލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލަ ކޯޓަށް ހުށައަޅާފައިވާއިރު ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަބްދުﷲ ރަޝީދުގެ އާއިލާއާއި ބައްދަލުކޮށްފައެވެ. އަދި ކޯޓުގެ ނިންމުމަށް ފުލުހުން އިޚްތިރާމް ކުރާނެކަމަށް ކަމިޝަނަރު ވިދާޅުވެފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.