ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ވިލިމާލޭގައި މިއަދު ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ފިލްމީ ދާއިރާގެ ތިން މީހުން ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 4 ފިރިހެނުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެންދިޔަކަން ހާމަކުރިނަމަވެސް އެމީހުންގެ ވަނަވަރެއް އަދި އާންމުކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތައް ބަލައި ފާސްކުރުމާއި އެ ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއް ނެތި ހާއްސަ އޮޕަރޭޝަންތައް ފުލުހުން ދަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް