ކުރީގެ ޕީޖީ މުހުތާޒް މިނިވަންވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ސައްހަނޫން ކޯޓު އަމުރެއް ނެރުނު މައްސަލަައިގަައި 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ، ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ މައްޗަށް މައްސަލަ ސާބިތުނުވާކަމަށް ހުކުމްކޮށްފިއެވެ.
މުހުތާޒްގެ މައްޗަށް މި މައްސަލަ ސާބިތުނުވާކަމަށް ހައިކޯޓުން ހުކުމްކުރީ މިއަދުއެވެ. މި މައްސަލައިގައި ދަށުކޯޓުން ކުރި ހުކުމް ހައިކޯޓަށް އިސްތިއުނާާފްކޮށްފައިވަނީ މުހުތާޒްގެ ފަރާތުންނެވެ.
މިއަދު ހައިކޯޓުން ކުރި ހުކުމްގައި ވަނީ މުހުތާޒްގެ މައްސަލައިގެ ޝަރީއަތުގައި ގިނަ ޝަރުއީ މައްސަލަތަކެއްވާކަމަށް ފާހަގަކޮށްފައެވެ. މި މައްސަލަ ބަލާފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތު ބެއްލެވި ފަނޑިޔާރު ހުސައިން ޝަހީދު، އިސްފަނޑިޔާރު ޝުޖާއު އުޘްމާން އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
މި މައްސަލައިގައި މުހުތާޒްގެ އިތުރުން ދައުވާކުރި މެޖިސްޓްރޭޓް ނިހާންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށްބުނެ، ހައިކޯޓުން އިއްޔެ ވަނީ މިނިވަންކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް