ބިއްލޫރި ޝީޓްތަކެއް ވެއްޓި މީހެއްގެ ފައި ޗިސްވެއްޖެ
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ފުވައްމުލައް ސިޓީގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުމުގެ ތެރޭގައި ގައިމައްޗަށް ޝީޓްތައް ވެއްޓި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ، 2 ދިވެހިންނާއީ 2 ބިދޭސީންނަށެވެ. އެ އެންމެނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ފުލުހުންގެ ބުނީ މިއަދު ހެނދުނު 9:32 ހާއިރު، ފުވައްމުލައް ފަޅުތެރޭ އޮތް ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުނު ދެ ބިދޭސީއަކާއި ދެ ދިވެހިންނަށް އަނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ފުވައްމުލަކު މީހަކު ބުނީ އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ފައި ވަރަށްބޮޑަށް ޗިސްވެފައިވާކަމަށެވެ. ޝީޓްތައް ވެއްޓުނީ ކަނޑަން އުޅުމުގެ ތެރޭގައިކަމަށް އޭނާ ބުންޏެވެ.
ފުލުހުން ބުނެފައިވަނީ، މި ހާދިސާގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް