ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް ދަމަހައްޓައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި، އެކުންފުނީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޒިޔަތަށް ކޮށްފައިވާ އަށް އަހަރުގެ ޖަލުހުކުމް، ހައިކޯޓުން ދަމަހައްޓައިފިއެވެ.
ހައިކޯޓުން މިހެން ނިންމާފައިވަނީ ޒިޔަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށައެޅުމުން، މިއަދު ބޭއްވިގެންދިޔަ ޝަރީއަތުގެ މަޖިލީހަށްފަހުގައެވެ.
ޒިޔަތުގެ މައްޗަށް ދައުވާކުރި ހިޔާނާތުގެ މައްސަލައަކީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލައެވެ.
މި މައްސަލައިގައި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށްވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަަލައިެ ހުކުމް އިއްވުމާއި އެކު، ޒިޔަތު އަނބުރާ ޖަލަށް ގެންދާނެކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް