ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާދަމާގެ މެންދުރުފަހު ދޭއް ޖަހާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ، ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އަދި މި މައްސަލަތަކާއި ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް