ހަތަރު ލީޑަރުންގެ ތިންވަނަ ބައްދަލުވުން މިއަދު 4 ޖަހާއިރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުން މިއަދު ހަތަރެއްޖަހާއިރު ބައްދަލުވުމަށް ހަމަޖެހިއްޖެއެވެ.
މިއަދުގެ ބައްދަލުވުމުގައި ހަތަރު ލީޑަރުންގެ މެދުގައި މައިގަނޑުގޮތެއްގައި މަޝްވަރަކުރުމަށް ހަމަޖެހިފައިވަނީ ކޯލިޝަންގައި ބޮޑެތި ހިލާފްތަކެއް އުފެދިފައިވާ ރައްޔިތުންގެ މަޖިލިސް ގޮނޑިތައް ބަހާލުމާގުޅޭގޮތުންނެވެ.
މަޖިލިސް ގޮނޑި ޕާޓީތަކުގެ މެދުގައި ބަހާލުމާބެހޭގޮތުން ވެފައިވާ އެއްބަސްވުމާ މެދު ދެބަސްވުން އުފެދިފައިވަނީ ކުރީގެ ރައީސް ނަޝީދު އެކަމާ ދެކޮޅަށް ނިކުތުމުންނެވެ.
ނަމަވެސް ރައީސް ޞާލިހް ވަނީ ކޯލިޝަން އެގްރީމެންޓާއެއްގޮތަށް ކުރިއަށް ދިއުމަށް ގޮވާލައްވައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތި ލެއްވިކަމުގައި ވިއަސް އެހުރިހާ ދާއިރާއަށް ތާއިދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީ، އަދާލަތް އަދި މައުމޫން ރިފޯމް މޫވްމަންޓުން އަދިވެސް އޮތީ ކޯލިޝަން 18-19 ކޮމިޓީން ނިންމިގޮތުގެ މަތީގައިކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.
އެހެންކަމުން މިއަދު މިބޭއްވޭ ބައްދަލުވުމުގައި މަޖިލިސް ގޮނޑި ބެހުމާ ބެހޭގޮތުން ޕާޓީތައް މެދުގައި ގޮތެއް ކަނޑައެޅޭނެކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް