N/A
N/A
ހަބަރު 23 Nov 2018 | 12:07

ނުފުއްދޭހާ ނަދުރު ނުބުނާށެވެ!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ދިވެހިންނަކީ ޒަމާނުއްސުރެ ކިތަންމެ ކުޑަ މުސީބާތެއް ޖެހުނަސް، ނުވަތަ ކިތަންމެ ކުޑަ ކަމަކު ޖެހުނަސް، ނަދުރު ބުނެ އުޅޭ ބައެކެވެ. މީގެ މާނައަކީ، މިވެނި ކަމެއް ނުވަތަ އެވެނި ކަމެއް ހާސިލްވެއްޖެނަމަ، ކަމެއް ކޮށްދޭނަމޭ ބުނެ އުޅުމެވެ. އާންމު ގޮތެއްގައި އިހު ޒަމާނުގައި ނަދުރު ބުނެ ހަދާނީ ކޮންމެވެސް ޒިޔާރަތެއް ނުވަތަ މަގާމްފުޅަކާއި ގުޅުވައިގެންނެވެ.

މިގޮތުން ކަންޖާއަޅައި ކިރައި، ގައިގައި ފޮޅި އެޅުމާއި، ޒިޔާރަތަށް ދުންދިނުމާއި ބޮލިހަދިޔާކޮށް، ކުނިކަހައި ހެދުން ފަދަ ކަންކަމަކީ އެއް ޒަމާނެއްގައި ދިވެހިން ލައްކަ ފޯރިއާއި އެކުގައި ކޮށްއުޅުނު ކަމެއް ކަމުގައި ގިނަ ތާރީހީ އިލްމުވެރިން އިއްތިފާގުވެއެވެ. ނަދުރު ފުއްދުމަށް ދިގު ދަތުރުތައްކޮށް، މިއީ ބުނާ ނަދުރޭ ލަވައިގައި ޖަންބު ހަސަން އަފީފް އުޅޭހެން އުޅޭ މީހުންވެސް ވަކި ހަމަ މަދެއް ނޫންކަމަށް ތުންތުންމަތީގެ ވާހަކަތަކުން ހާމަވެއެވެ.

ޒަމާނަށް އައި ބަދަލާއި އެކު ސަގާފަތަށް އައި ބަދަލުތަކާއެކު ގެއްލިގެން ދިޔަ އެއްކަމަކަށް ވާނީ ނަދުރުބުނުމެވެ. ޒިޔާރަތުގައި އޮންނަ މަހާނަތަކަށް އެއީ ވަލީވެރިންކަމަށް ހީކޮށް ނަދުރުބުނުމަކީ ބިދުއައެކޭ މީހުން ބުނާތީ އަހަމެވެ. ނަދުރުބުނުން ހުއްޓުނަކަސް، ކަމެއް ވެއްޖެނަމަ ބަދަލުގައި ތަރިރު ހަނދު ބާލަދޭނަމޭ ބުނާ މީހުން އަދިވެސް އުޅެއެވެ. އެބައިމީހުންނަކީ އެހެނަސް ނަދުރުވެރިންނެއް ނޫނެވެ. ޒަމާނީވެ، އެބައިމީހުން އެވަނީ ވައުދުތަކެވެ.

ތަރިރު ހަނދު އުޑުމަތިން ބާލަދީ، ޅޮސް އުނދޯލި ހެއްލައިދީ، ޒައިތޫނި ތެލުން ފެންވަރުވައިދޭނެ ކަމަށް ވައުދުވުމަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގައި ހަމަ ހިނގާ ކަމެކެވެ. މިފަދަ ހާސިލްނުވާނޭ ވައުދުތައް ވަނީ ހަމައެކަނި އާޝިގު އާވާރާއިންނެއް ނޫނެވެ. ހަގީގަތަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް އަޅުގަނޑުމެން ނިކަމެތި ރައްޔިތުން ހައްލާލުމަށް މިފަދަ ވައުދުތައް ވާކަމެވެ.

ރާއްޖޭގެ ހިންގުމުގެ ނިޒާމު ބިނާވެފައިވާ ގޮތުން، މުހިންމު މަގާމުތަކަށް ކޮންމެ ފަސްއަހަރަކުން އެއްއަހަރު، އިންތިހާބުތައް ބާއްވައެވެ. މި އިންތިހާބުތަކުން ރައްޔިތުންނަށް ބަސްކިޔާ، ރައްޔިތުން ތަމްސީލްކޮށް، އަދި ރައްޔިތުންގެ ހާދިމުންނަށް ވާނެ ފަރާތްތައް މި ހޮވަނީ ވޯޓުންނެވެ. މި ވޯޓުތަކުގެ ކަރުދާހުގައި އޮވެ، އެމަގާމުތަކަށް ހޮވުމަށް ކިތަންމެ ބަޔަކު އެދޭނެއެވެ. އެހެންކަމުން، އެފަރާތްތައް ކުރަން ޖެހޭ ކަމަކީ ވައުދުތައް، މެނިފެސްޓޯއެއްގެ ޒަރިއްޔާއިން ހުށައެޅުމެވެ. މެނިފެސްޓޯ ތަކަކީ އާންމު ގޮތެއްގައި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ދައުރުވާ އެއްޗެއްސަށް ވީހިނދު، އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރާތްތަކަކީ އެ މެނިފެސްޓޯތައް ކިޔާ، އޭގައި ހުރި އެއްޗެއްސަށް އަތްޖަހާ ހަދާ މީހުންނެވެ.

ތެދެކެވެ. މަގާމުތަކަށް މީހުން ހޮވޭނީވެސް ވައުދުތަކެއްވެ، ކަންކަން ކޮށްދޭނެ ކަމަށް ބުނުމުންނެވެ. ވައުދުވުމުން މައްސަލައެއް ނެތެވެ. ނަމަވެސް މައްސަލައަކީ ސިޔާސީވެރިން ވާ ވައުދުތައް ނުފުއްދުމެވެ. ވާ ވައުދުތަކަކީ މާ ކުރިންވެސް ނުފުއްދޭ ނަދުރުތަކަކަށްވެހުރެ، އެ ވައުދުތައް އަދާކުރާނެކަމަށް ބުނުމެވެ. ވައުދު ފުއްދާނެކަމަށްބުނެ ހޮވޭ ބޭފުޅުން، ފަހުން އާންމު ރައްޔިތުމީހާގެ ލޮލުކޮޅަށްވެސް ނުފެންނަކަމެވެ. މިގޮތަށް ގިނަ ސިޔާސީ ފަރާތްތަކުން އަމަލުކުރަނީ ބާރާއި އާރުގެ ދަހިވެތިކަމުގައެވެ. ދިވެހިންނަކީ ވިސްނުންކޮށި ބައެއް ކަމުގައި ދެކިގެންނެވެ. މަދު ލާރިކޮޅަކަށް ވިކޭ މުދާތަކެއްގެ ގޮތުގައި އާންމު ފަރުދުން، އެމީހުންނަށް ފެންނާތީއެވެ.

ވެރިން ވާ ވައުދު ނުފުއްދުމުން، އޭގެ ވާހަކަ ދެއްކުމަކީ އަހަރެމެން ރައްޔިތުންނަށް ލިބިގެންވާާ ހައްގެކެވެ. އެވާހަކަ ދެއްކުމަކީ ހަމަ ވާޖިބެކެވެ. އެކަމަކު އުފެދޭ ސުވާލެއް އެބައޮތެވެ. އަބަދުވެސް ވައުދު ފުއްދުމަށް އެދި ރައްޔިތުމީހާގޮސް، އެބައިމީހުންގެ ހާދިމުގެ ފައިބުޑަށް ވެއްޓެންވީތޯއެވެ؟ ނޫނީ އެކަން ކުރުން ހުއްޓާލަންވީތޯއެވެ. ހަގީގަތަކީ ގިނަ ސިޔާސީ ލީޑަރުންނަށް ވާ ވައުދުތައް ކޮންމެވެސް ސަބަބަކާއި ހެދި ނުފުއްދޭކަމެވެ. ނަމަވެސް މިކަން ހުއްޓުވުމުގެ ބާރުވެސް އޮތީ ހަމަ އަޅުގަނޑުމެން ރައްޔިތުންގެ ކިބައިގައެވެ.

ސިޔާސީ ފަރާތަކުން ވައުދެއް ވެއްޖެނަމަ، އެ ވައުދު ފުއްދޭނެތޯ އަމިއްލަ ބުއްދިން ވިސްނައި ފިކުރު ކޮށްލާށެވެ. މެނިފެސްޓޯތަކުގެ ބައިތައް ކިޔުމަށްފަހު، އެ މެނިފެސްޓޯގެ ވައުދުތައް ފުއްދޭނެތޯ، އަދި ފުއްދާނީ ކިހިނެއްތޯ، އެ ކެނޑިޑޭޓާއި ނުވަތަ ކެނޑިޑޭޓުގެ މަންދޫބަކާއި ސުވާލުކުރާށެވެ. ވައުދުތައް ނުފުއްދާނަމަ، އެކަން ނުކުރަނީ ކީއްވެތޯ އަޑުއުފުލާށެވެ. އޭރުން ސިޔާސީ ވެރންވެސް މަޑުމަޑުން ކުރަން ފަށާނީ ފުއްދޭނެ ވައުދުތަކެވެ. ނުފުއްދޭހާ ނަދުރު ބުނެ، އަމިއްލަ ނަފްސު މަަޅީގައި ޖެހުން ހުއްޓާލާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...