އިންގްލެންޑާއި އުރުގުއޭ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އިނގިރޭސި އެފްއޭ
އިންގްލެންޑާއި އުރުގުއޭ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އިނގިރޭސި އެފްއޭ
ކުޅިވަރު 28 Mar 2026 | 07:57

އިނގިރޭސިވިލާތާ އުރުގުއޭގެ ކުރިމަތިލުން އެއްވަރު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އިނގިރޭސިވިލާތާއި، ދެކުނު އެމެރިކާގެ އުރުގުއޭ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗް ކުޅެފައިވަނީ އިނގިރޭސިވިލާތުގެ ފަހުރެއްގެ ގޮތުގައި ބަލަމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި އިނގިރޭސިން ވަނީ މޮޅު ކުޅުމެއް ދައްކައި އުރުގުއޭގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ. މީގެ ތެރެއިން ގޯލަށް އަމާޡުކުރި ގިނަ ހަމަލާތައް ދިފާއުކޮށްފައިވަނީ ކީޕަރެވެ. މެޗްގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފަހު ހާފްގައެވެ.

މެޗްގައި އިނގިރޭސިވިލާތުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބެން ވައިޓެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ 80 ވަނަ މިނެޓް ތެރޭގައެވެ. މިއީ އެންމެ ފަހުގެ ވަރލްޑްކަޕްގައި ޓީމް ދޫކޮށް ދިއުމަށްފަހު، އޭނާ އިނގިރޭސި ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ވައިޓްގެ މި ލަނޑު އޮފްސައިޑްކަމަށް ބުނެ އުރުގުއޭގެ ކުޅުންތެރިން ވަނީ ރެފްރީ ގާތު ޝަކުވާކޮށްފައެވެ. ނަމަވެސް ވިއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ލަނޑެއްގެ ގޮތުގައެވެ.

މެޗްގައި އުރުގުއޭއިން ލަނޑު ޖަހާފައިވަނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ރެއާލް މެޑްރިޑްގެ ފެޑެރިކޯ ވަލްވަރޑޭ އެވެ.

މެޗްގައި އިނގިރޭސި ސަޕޯޓަރުން ވަނީ ވައިޓާ ދިމާކޮށްފައެވެ. އެގޮތުން އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި ވަގުތާއި، އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ ލަނޑު ޖެހުމަށްފަހު ނަން އިޢުލާންކުރި ވަގުތުވެސް ބައެއް ސަޕޯޓަރުން ވަނީ އޭނާއާ ދިމާލަށް އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން އިނގިރޭސި ކޯޗް ތޯމަސް ޓުޗެލް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ. ޓުޗެލް ބުނީ، ވައިޓަށް ނިސްބަތްކޮށް ބައެއް މީހުން މަލާމާތްކޮށް އަޑުގަދަކުރި ވާހަކަ އަޑުއިވުނުކަމަށެވެ. އަޑުއިވުނު ކަމަށެވެ. ކޯޗް ބުނީ، ބައެއް ސަޕޯޓަރުން ނުރުހުން ފާޅުކޮށް، ތަފާތު ގޮތްގޮތަށް މަރުހަބާ ކިޔުމުން މާޔޫސްވި ކަމަށާއި އެއީ އެކަން ވާންޖެހޭނެ ގޮތް ނޫންކަމަށެވެ. ޓްޗެލް ބުނީ ވައިޓް ޓްރޭނިން ކޭމްޕުގައި ދެއްކި ހުނަރު ވަރަށް ފުރިހަމަ، ކަމަށާއި، އޭނާއަކީ ކުޅެން އަރަން ހައްގު ކުޅުންތެރިއެއްކަމަށެވެ.

މެޗްގައި އުރުގުއޭއަށް ލިބުނު ޕެނަލްޓީއަކީ ވައިޓް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...