ފީފާގެ ރައީސް އިންފަންޓީނޯ
ފީފާގެ ރައީސް އިންފަންޓީނޯ
ކުޅިވަރު 11 Jun 2026 | 02:11

ވިސާގެ މައްސަލަތަކުގައި އިންފަންޓީނޯ އެދުނީ ހަމަޖެހިލައިގެންތިބެ، އެމެރިކާގެ ނިންމުންތަކަށް އިހްތިރާމްކުރުމަށް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވުމުގައި ދިމާވާ ވިސާގެ މައްސަލަތަކުގައު އެމެރިކާގެ ނިންމުންތަކަށް އިހްތިރާމް ކުރުމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިއްޖެއެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފަންޓީނޯ ވިދާޅުވީ، ފީފާއަކީ ދުނިޔޭގެ ސަރުކާރުތަކާއި ފުލުހުންގެ މައްޗަށް ބާރު ހިންގާ "ދުނިޔޭގެ ރަސްކަލުން" ނޫން ކަމަށެވެ. އަދި ފީފާއަކީ ކުޅިވަރު ޖަމްޢިއްޔާއެއް ކަމަށާއި، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން މައްސަލަތަކަށް ހައްލު ހޯދަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންފަންޓީނޯ މިހެން ވިދާޅުވީ، ވޯލްޑް ކަޕްގައި އިންސާފުކުރުމަށް ހޮވުނު ސޯމާލިއާގެ ފުރަތަމަ ރެފްރީ އުމަރު އަރުތާނަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމާ ގުޅިގެންނެވެ. އިސްތަންބޫލުން ފުރައިގެން މިއާމީ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިއުމުން އޭނާ އެގައުމަށް އެތެރެވިޔަނުދީ ވަނީ ހިފަހައްޓާފައެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އުމަރު އެތެރެވިޔަނުދިނީ "ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ މީހުންނާ" އޭނާއާ ގުޅުން އޮތް ކަމަށް ބެލެވޭތީއެވެ.

މި މައްސަލައިގައި އިންފަންޓީނޯ ވިދާޅުވީ އުމަރަށް ދިމާވި ކަންތަކަކީ ހިތާމަވެރި ކަމެއް ނަމަވެސް، ކޮންމެ ކަމެއް ކޮންޓްރޯލް ކުރުމުގެ ބާރު ފީފާއަށް ނޯންނަ ކަމަށެވެ. އަދި އެމެރިކާއަށް އެތެރެވާން ހުއްދަ ދޭންވީ ކޮން ބަޔަކަށްތޯ ނިންމުމުގެ ބާރު އޮންނާނީ އެމެރިކާއަށް ކަމަށާ، އެއަށް ފީފާއަށް ބާރުފޯރުވޭން ނޯންނާނެ ކަމަށެވެ.

"ބައެއް ފަހަރު ހަޅޭއްލަވައިގަތުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ހައްލު ހޯދަން މަސައްކަތް ކުރުމުން މާ ރަނގަޅު ނަތީޖާ ނިކުމޭ،" އޭނާ ވިދާޅުވިއެވެ.

ސޯމާލިޔާގެ ރެފްރީގެ އިތުރުން އެމެރިކާއިން އަންނަނީ އީރާން ޓީމާމެދުވެސް ބޮޑެތި ތަފާތު ކުރުންތަކެއް ގެނގުޅެމުންނެވެ. އެގޮތުން، ޕްރެކްޓިސް ކުރިއަށް ގެންދިޔުމަށް އީރާނަށް ކުރިމަތި ކުރުވި ފިއްތުން ތަކާއި، އީރާނުގެ އިތުރުން އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެތެރެއިން ވޯލްޑްކަޕްގައި ކުޅޭ ގައުމުތަކުގެ ސަޕޯޓަރުންނާއި ޓީމުގެ އިސް ފަރާތްތަކަށް ވިސާ ދިނުމަށްވެސް އެމެރިކާއިން ވަނީ ދަތިތައް ކުރިމަތި ކުރުވާފައެވެ.

އެފަދަ ކަންކަމާއި ގުޅިގެން ފީފާ އަށާއި އެމެރިކާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ވިސާގެ މައްސަލަތަކުގެ އިތުރުން، ޓިކެޓްގެ އަގު ބޮޑުވުމާ ގުޅިގެން އެމެރިކާގެ ބައެއް ސްޓޭޓްތަކުން ކުރިއަށްގެންދާ ތަހުގީގުތަކާ ގުޅޭގޮތުން ވެސް އިންފަންޓީނޯ ވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ޓިކެޓް ވިއްކަން ފެށީ ގާނޫނީ މާހިރުންގެ ލަފާގެ މަތިން ކަމަށާއި، އެކަމާ މެދު ކަންބޮޑުނުވާ ކަމަށެވެ. އަދި ޓިކެޓް ވިއްކައިގެން ލިބޭ ކޮންމެ ޑޮލަރެއްވެސް އަނބުރާ ހޭދަކުރާނީ ފުޓްބޯޅަ ކުރިއެރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގު އުޅެނީ 140 ޑޮލަރާއި 8,680 ޑޮލަރާ ދެމެދުގައެވެ. ނަމަވެސް ފާޑުކިޔުންތަކާ ގުޅިގެން 60 ޑޮލަރުގެ ޓިކެޓްތަކެއް ފީފާ އިން ވަނީ ނެރެފައެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...