އިސްތިއުފާ ދެއްވި ނުވަވަނަ މިނިސްޓަރަކަށް ހައިދަރު
މަތީ ތަޢުލީމާ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދުވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހައިދަރުވެސް އިސްތިއުފާ ދެއްވީ މިއަދުއެވެ. މިހާތަނަށް ޖުމުލަ 9 ވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ސަރުކާރުންނާއި ވަޒީރުންވެސް ހާމަކުރައްވާފައި ނުވެއެވެ.
ކެބިނެޓްގެ ގިނަ ވަޒީރުންތަކެއް އިސްތިއުފާ ދެއްވާފައުވާއިރު، ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މަގާމުތަކުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ. އަދި ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ.
އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ އިސްވެރިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް