މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން ފުލުހުން އެމީހާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވަނީ..
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭ ގެއެއްގައި ރަހީނުކޮށްގެން އުޅޭ އަންހެނަކު ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ވީޑިއޯތަކުން ފެންނަގޮތުގައި އަންހެންމީހާ ކަރުގައި ފިރިހެނަކު ވަޅިޖައްސައިގެން ހުރިއިރު، ފުލުހުން ދަނީ އޭނާ ސަލާމަތްކުރުމަށް ވާހަކަދައްކަމުންނެވެ..
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، މިއީ ކިހިނެތްވެގެން ހިނގައިގެން އުޅޭ ކަމެއްކަން އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭކަމަށް ރިޕޯޓެއް ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް